ހޯދަމުންދާ ޝަހީބް --
ހަބަރު
18 Sep 2025 | 15:09
ޝަހީބް ނުފެނުނު، ހާޒިރެއް ނުވި، ދެވަނަ އިއުލާާނު ނެރެފި

ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) އަދިވެސް ފެނިފައިނުވާ ކަމަށާ ފުލުހަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަހީބު ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އެވެ. މީގެ ތިން ދުވަސް ކުރީން ވެސް އޭނާ ހޯދަން އިއުލާނު ކުރި އެވެ. ފުލުހުން މިއަދު ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށެވެ. އެހެން ކަމުން ދެވަނަ އިއުލާނެއް ވަނީ ނެރެފަ އެވެ.

ޝަހީބަކީ, 2020 ވަނަ އަހަރު ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ އެކަކެވެ.

އެ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުންނެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ.

އޭގެ ތެރެއިން ޝަހީބް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.