ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފ.ބިލެއްދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Sep 2025 | 16:20
ބިލެއްދޫއަށް ރައީސް ދެއްވީ ބިން ހިއްކެން އޮތް އެންމެ ބޮޑުކޮށް ހިއްކައިދޭނެކަމުގެ ޔަގީންކަން

ފ. ބިލެއްދޫގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް އެފަދައިން ވިދާޅުވީ އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދެ އަތޮޅު އުތުރުބުރީގެ ބިލެއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ބިލެއްދޫއަށް ގެންނަ ތަރައްގީގެ ކޮންމެ މަޝްރޫއަކީ ވެސް ރައްޔިތުން، އެ ދާއިރާއަކުން ނުހަނު އެދިއެދި ތިބި މަޝްރޫއުތަށް ކަމަށެވެ. 

އެގޮތުން ސިއްޚީ ދާއިރާއިން ސިއްޚީ މަރުކަޒު، ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން، ކުޅިވަރާއި ފިޓްނެސް، މަގު ހެދުމާއި އަދި ބަނދަރު ހެދުމަކީ ވެސް ނުހަނު މުހިންމު ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަނދަރުގެ މަސައްކަތަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި، ބަނދަރުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދާނީ ވީހާ ވެސް ބޮޑަށް، ބަނދަރުގެ ބޭނުން ހިފޭނެ ގޮތަށް ޖާގަ ތަނަވަސްކޮށްގެންނެވެ.

ބަނދަރުގެ ވާހަކަ ދައްކާއިރު އަޅުގަނޑު ދޭނެ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ މި ފެށޭ މަސައްކަތަކީ މި ރަށުގައި ބަނދަރު އެކި ގޮތްގޮތުން ފުޅާކުރުން ނޫނިއްޔާ ޖާގަ ތަނަވަސްކުރުން. އެގޮތަށް ބޮޑަށް ދަންނަވަން ބޭނުންވަނީ. ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާމިނެއްގައި ޑިޒައިނަށް ގެނެވޭނެ ބަދަލުތަކެއް ގެނެސްގެން. ރައްޔިތުންގެ އެކްސްޕެކްޓޭޝަންއަށް ވީއެންމެ ފުޅާމިނެއްގައި ނުވަތަ އުންމީދުތައް އެދޭ މިންވަރު ޙާސިލްކޮށްދިނުމުގައި ބަނދަރު އަޅުގަނޑުމެން ހަދާނީ މިދެންނެވި ގޮތަށް ވިސްނައިގެން. ވީހާވެސް ބޮޑަކަށް ރައްޔިތުން އެދޭގޮތަށްކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެއާއެކު ބަނދަރާއި ރަށުގެ ބިން ހިއްކުން ގުޅިލާމެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ބަނދަރާއި އެކު އެ ރަށުގެ ބިން ވެސް ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަވައިދެއްވާނެ ކަމަށެވެ.

އެގޮތުން ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ފަޅުން ދޫކުރަންޖެހޭ ޖާގައެއް އޮންނަ ކަމަށާއި، އެ ޖާގައިން ބާއްވަންޖެހޭ ވަރު ބޭއްވުމަށްފަހު، ދެން އޮތް ބައި އެއްކޮށް ހިއްކަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޓީސީސީން އެ ރަށުން ފައިބާނީ އެ މަސައްކަތްތައް ކޮށް ނިންމުމުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ޖާގަ އިތުރުކުރުމަށް، ބިން ބޮޑުކުރުމަށް މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމުގެ މަޝްރޫއެއް މި ބަނދަރު މަޝްރޫއާ ގުޅިގެން އަޅުގަނޑުމެން ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް ދެން. ފަރުގެ އެންމެ އެޖުން ފެށިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން ޤަވާއިދުތަކުގެ ތެރެއިން ދޫކުރަންޖެހޭ ޖާގަ އޮވޭ ކޮންމެ ރަށެއްގައި ވެސް. އެއީ ރައްކަލަކަށްޓަކައި، ޤުދުރަތީ ގޮތުން ކުރަންޖެހޭ ކަމެއް. އެހެންވީމާ އެ ޖާގަ އެންމެ ކުޑަމިނުން ބާއްވަންޖެހޭ ވަރަށް ބާއްވާފައި ރަށަށް ބިން އިތުރުކުރެވޭނެ އެންމެ ބޮޑު މިނަށް ބިން އިތުރުކޮށްދޭނެ ވާހަކަ މި ދެންނެވީ. އެންމެ މެކްސިމަމް ރަށަށް ބިން އިތުރުކުރެވެން އޮތް މިންވަރަށް ކޮށްދޭނަން. އެ ޔަގީންކަން ދެން.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، ބިން ހިއްކުމާއި ބަނދަރުގެ އަޕްގްރޭޑްގެ މަސައްކަތުގެ އިތުރުން، އިތުރު ބައެއް މަޝްރޫއުތަކެއް ވެސް މިއަދު އެ ރަށުގައި ވަނީ ފަށާފައެވެ. އެގޮތުން ޕޮލިސް ސްޓޭޝަނުގެ މަސައްކަތާއި، ސިއްޚީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން، އެ ރަށުގައި ބަހައްޓާ ބީއެމްއެލްގެ ޚިދުމަތް ވެސް މިއަދު ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.