ފަރަށް އެރި ދިއްދޫ "މެގަ ހޯރަ" ބޯޓު ފުންކޮށްފި

ފަރަށް އެރި ދީއްދޫގެ "މެގަ ހޯރަ"ފުންކޮށްފައި -- ފޮޓޯ: އެމްއެންޑީއެފް

ރޭ 12 ޖާހަކަށްހާއިރު ފަރަށް އެރި ހއ. ދިއްދޫގެ "މެގަ ހޯރަ" ބޯޑު މިއަދު ފުންކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ދިޔަވަރު ބޮޑުވުމުން، "މެގަ ހޯރަ" ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ވަނީ ފުންކޮށްފައެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން ބުނި ގޮތުގައި އެ ބޯޓު ފަރަށްއަރާފައިވަނީ ނ. ވަވަތިކުރޮޅި ފަރަށެވެ. އޭރު އެ ބޯޓުގައި 61 މީހުން ތިބިކަމަށް އެމްއެމްޑީއެފްއިން ބުންޏެވެ.

98 ފޫޓުގެ އެ ބޯޓު ރޭ ފަރަށް އެރުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. 

ކޮމެންޓް