ހުޅުމާލޭ ވިޔަފާރި ބަނދަރު.. ފޮޓޯ: އެމްޕީއެލް
ހަބަރު
22 Sep 2025 | 17:30
އޮގަސްޓްމަހު ރާއްޖެއަށް 4.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި: ކަސްޓަމްސް

ހުސްވި އޮގަސްޓްމަހު ރާއްޖެއަށް 4.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތައް ނުހިމަނައި ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އުޅެނީ 4 ބިލިއަން ރުފިޔާގައެވެ. ތެލުގެ ބާވަތްތަކަށްފަހު އެންމެގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ކާބީތަކެތީގެ ބާަތްތަކެވެ. ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް 993 މިލިއަން ރުފިޔާ ހޭދަޮށްފައިވާއިރު، ދެން އެންމެގިނައިން ހޭދަކޮށްފައިވަނީ، އިލެކްޓްރޯނިކްސްގެ ބާވަތްތައް އެތެރެކުރުމަށެވެ. އެއީ 732 މިލިއަން ރުފިޔާއެވެ.

އޮގަސްޓްމަހު ރާއްޖެއަސް އެންމެގިނައިން މުދާ ގެނެސްފައިވަނީ، އިންޑިއާ، ޔޫއޭއީ، ޗައިނާ، ސިންގަޕޫރު އަދި އޮމާނުންނެވެ.

- އިންޑިއާ: 765 މިލިއަން ރުފިޔާ

- ޔޫއޭއީ: 726 މިލިއަން ރުފިޔާ

- ޗައިނާ؛ 651 މިލިއަން ރުފިޔާ

- ސިންގަޕޫރު: 529 މިލިއަން ރުފިޔާ

- އޮމާން: 451 މިލިއަން ރުފިޔާ

މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯތްހުރިގޮތަށް ބަލާއިރު، އެންމެގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅޫބިލަމަހުގެ ބާވަތްތަކެވެ. ގަނޑުކުރި މަހުގެ ބާވަތްތައް ބޭރުކުރި އަގު 58 މިލިއަން ރުފިޔާގައި އުޅޭއިރު ދެން އެންމެގިނައިން ބޭރުކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހުގެ ބާވަތްތަކެވެ. ބޭރުކުރި ދަޅުމަހުގެ ބާވަތްތަކުގެ ޖުމްލަ އަގަށް 49 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ވިއެޓްނާމް އަދި ސްރީލަންކާއަށެވެ. މީގެ ތެރެއިން ތައިލެންޑަށް ބޭރުކުރި މުދަލަށް 61 މިލިއަން ރުފިޔާ ޖެހޭއިރު، އިނގިރޭސިވިލާތަށް ބޭރުކުރި މުދަލަސް ޖެހިފައިވަނީ، 39 މިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.