އާސަންދަ -- ފޮޓޯ: ވޮއިސް
ހަބަރު
23 Sep 2025 | 12:53
ތައިރޮއިޑަށް ޚާއްސަ ބޭސް ގަންނާކަށް ނުޖެހޭނެ، އާސަންދައިގެ ދަށުން ލިބޭނެ: އާސަންދަ

ތައިރޮއިޑް ބައްޔަށް ޚާއްސަ "ތައިރޯނޯމް 25 މައިކްރޯގްރާމް" އާސަންދަ ސްކީމްގެ ދަށުން ލިބޭނެ ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން އެފަދައިން ބުނީ، ތައިރޯނޯމް 25 މައިކްރޯގްރާމްގެ ބޭސް އާސަންދަ ދަށުން ނުލިބި، އަގުބޮޑުކޮށް ގަންނަން ޖެހޭތީ އާންމުންގެ ކަންބޮޑުވުން ބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެ ބޭސް އަގުބޮޑުކޮށް ގަންނަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި ޑރ. އަބްދުލް އަޒީޒް ހަމީދު ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޓީއޯގެ މައި ފާމަސީއާއި، އޭޑީކޭ ހޮސްޕިޓަލްގެ ފާމަސީ އަދި މާލޭގެ އެހެން ބައެއް ފާމަސީތަކުން މި ބޭސް ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޕޯސްޓުގައި ޑރ. އަޒީޒް ވިދާޅުވި ގޮތުގައި އެއް ފާމަސީއަކުން މި ބޭސް ވިއްކާފައިވަނީ 90 ރުފިޔާއަށް ކަމަށާއި، އެ ފާމަސީން ބުނި ގޮތުގައި، އާސަންދައިގެ ދަށުން އެ ބޭސް ނުލިބެއެވެ. ހަމަ އެގޮތަށް އެހެން ފާމަސީއަކުން 120 ރުފިޔާއަށް، އަދި އިތުރު ފާމަސީއަކުން 195 ރުފިޔާއަށް މި ބޭސް ވިއްކި ނަމަވެސް، އެ ފާމަސީތަކުންވެސް ބުނެފައިވަނީ އާސަންދައިގެ ދަށުން މި ބޭސް ނުދެވޭނެ ކަމަށެވެ.

އެ ޕޯސްޓަށް އިޝާރަތްކުރަމުން އާސަންދައިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތައިރޯނޯމް 25 މައިކްރޯގްރާމްއަކީ އާސަންދަ ސްކީމްގެ ދަށުން ހިމެނޭ ބޭހެއް ކަމަށެވެ. އަދި ބައެއް ފާމަސީތަކުން އާސަންދައިގެ ދަށުން ނުދީ ވިއްކަމުންދާކަން އެނގިފައިވާ ކަމަށާއި، މިފަދަ ކަމެއް ދިމާވާނަމަ މަޢުލޫމާތާއެކު ޝިކާޔަތު ޕޯޓަލަށް ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.

"އާސަންދައިގެ ދަށުން ހިމެނޭ އެއްވެސް ބޭހެއް އާސަންދައިގެ ދަށުން ނުދޭނަމަ، އެކަން މަޢުލޫމާތާއެކު ޝިކާޔަތު ޕޯޓަލަށް ހުށަހެޅުއްވުން އެދެމެވެ،" އާސަންދައިން ބުނެފައިވެއެވެ.

ކޮމެންޓް
އިއއއބެ
ފެންއެބޭސްނުލިބިގެންގަނެގެންދިޔާމާވެސް ކަލޭމެންބުނަންވީތިޔަހެންތަ އަހަރެންވެސްއެއްދުވަހުގަނެފިން ބޭހެއްގަންނަންވާކޮއްމެފަހަރަކު 10ކޯލުކުރަންޖެހޭތަ
23 Sep 2025
އިއްބެ
ތިޔަހެންއާސަންދައޮފީހުބުނީމައިފުދޭތަ މީގެކުރިންމީހުންއެހެނެއްނުކިޔާ ސަބަބެއްނެތިއެހެނެއްނުކިޔާނެ
23 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.