15 Jun 2019 | 21:28
ދިވެހި ގައުމުގެ ސިޔާދަތަށް އައްޑޫ މީހުން ފުރައްސާރަކުރަނީތޯއެވެ.

ގާނޫން އަސާސީގައި ބަޔާންކުރާ އައްޑުއަތޮޅުގައި، ދިވެހި ދައުލަތުން ލޯންނަގައިގެން ދިވެހި ސަރުކާރުން ހަދާފައިވާ ބޮޑު ހޮސްޕިޓަލަށް ދޭނެ ނަމަކަށް އައްޑުއަތޮޅުގައި އުފައްދާފައި އޮންނަ ކައުންސިލަކުން "ސުވާދީވް ހޮސްޕިޓަލް" މިނަން ކިޔަން ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅަން ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ދިވެހި ގައުމުގެ ސިޔާދަތަށް ފުރައްސާރަކޮށް، ދިވެހި ގައުމުން ވަކިވެގަތުމަށް ބަޣާވާތްކުރި ބަޣާވާތަށް ތާއީދުކޮށް ހޮސްޕިޓަލަކީ ބަޣާވާތުގެ ރަމްޒުކަމުގައި ދެއްކުމަށް ހިންގާ ޖަރީމާއަކަށް ނުވާނެ ގޮތެއް އޮންނާނެތޯއެވެ.

ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުކަނޑުވާލުމަށް ތާރީޚްގައި މަސައްކަތްކޮށްފައިވަނީ ޕޯޗްގީޒުންނާއި ހޮޅިންނާއި މަލާބާރީންނެވެ. ދެން ދިވެހި ގައުމަށް ހަރާންކޯރުވި ނުވަވަނަ ހަސަންރަސްގެފާނުގެ ދެދަރިންފަދަ ދިވެހި ބަޔަކުއެވެ. ފަހުގެތާރީޚްގައި އެކަންކުރީ ގައުމުތައް ކޮލޮނައިޒްކުރި އިގިރޭސިން އަޑީގައި ތިބެގެން އައްޑުއަތުޅުގެ ބަޔަކު ލައްވައެވެ. ދިވެހި ގައުމުން ބައެއް އިގިރޭސިންގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. ނަމެއްގައި ސުވާދީވް ސަރުކާރު ކިޔާ ސަރުކާރެއް އުފައްދައިގެންނެވެ. ބޭނުމަކީ ގަމަކީ އިގިރޭސިންގެ އަސްކަރީ މަރުކަޒަކަށް ހެދުމެވެ.

ދިވެހި ދައުލަތާދެކޮޅަށް އިގިރޭސިން އަޑީގައި ތިބެގެން ހިންގި ބަޣާވާތް ނިމުމަށްފަހު މިއަދުވެސް އަޅުގަނޑުމެންނަށް މިފެންނަނީ އައްޑުއަތޮޅުން އެފިކުރާއިގެން ބަޔަކު ތެދުވަން އުޅޭތަނެވެ. ދިވެހި ލޭ ހިނގާބަޔަކު މިދިވެހި ވަތަންދެކެ ލޯބިވާ މީހަކު ދިވެހި ގައުމުގެ ސިޔާދަތަށް ގެއްލުންދޭން އުޅުނު މާޒީ ރަނުން ގިރިޓީކޮށް މިބިންމަތީގައި ބަހައްޓާނެތޯއެވެ. އެކަންކުރަންޏާ އެކަންކުރާނީ ދިވެހި ގައުމަށް ޣައްދާރުވެ ބާޣީންގެ ހެދުން އަޅައިގެން ތިބެއެވެ.

އިހަށްދުވަހު މުޅި އައްޑުއަތޮޅުގައި ހުޅުޖަހައިހެދީއެވެ. މިއަދު ދިވެހި ގައުމުގެ ސިޔާދަތަށް ފުރައްސާރަކުރާކަން ދައްކަން އުޅެނީއެވެ. ސުވައިދީވް ސަރުކާރާއި ދެކޮޅަށް ނުކުތް އައްޑޫގެ ލޮބުވެތި ރައްޔިތުން ކޮބައިތޯއެވެ. އެމީހުންގެ ދަރިންނާއި ކާފަދަރިންވެސް ނެތިވެ މުޅިން ބާޣީ ފިކުރާއި ދިވެހި ގައުމުގެ މިނިވަންކަމަށް ފުރައްސާރަކުރާ ފިކުރުގެ މީހުންނަށް ވެނިމުނީތޯއެވެ. ދިވެހި ލޭ ހިގާ ދަރިޔަކުވެސް އައްޑުއަތޮޅުގައި ނެތިވެދިޔައީތޯއެވެ.

ސުވައިދީވްގެ ނަންދޭން ތިއުޅޭ މީހުންނަށް ތަންދޮރު ނޭގޭކަމަކީވެސް ކުޑަކަމެއްތޯއެވެ. ސުވައިދީވްކީ އައްޑުއަތޮޅަށް ކިޔާނަމެއް ނޫނެވެ. އެއީ ދިވެހިޒަމާންވީ ތާރީޚުންފެށިގެން ހުވަދުއަތޮޅަށް ކިޔަމުން އައި ނެމެކެވެ. އެއީ އައްޑޫ މީހުން ފަޚްރުވެރިވާންޖެހޭ އައްޑުއަތޮޅުގެ ނަމެއްނޫނެވެ.

ދިވެހި ގައުމާދެކޮޅަށް އައްޑޫއަތޮޅުގައި އިގިރޭސިން އަޑީގައި ތިބެގެން ހިންގި ބަޣާވާތުގައި ސުވައިދީވްގެ ނަން ގެނެސްފައިވަނީ ހުވަދުއަތޮޅުގެ މީހުން ބައިވެރިކުރަންވެގެންނެވެ. ދިވެހި ދައުލަތުން ވަކިވެގަންނަން އުޅުނުއިރު އައްޑުއަތޮޅުގެ އާބާދީއަކީ އެންމެ 8000 މީހުންނެވެ. އެވަރުގެ އާބާދީއަކީ އެއްވެސް ބަޔަކަށް ނުވާނެތީ އިނގިރޭސި އިސްތިއުމާރީންގެ ސިކުނޑިން ރާވައި އެމީހުންގެ އަވާގައިޖެހިގެން ހުވަދުއަތޮޅު ރުއްސުމަށްޓަކައި ސުވާދީވް ނަންދިނީއެވެ. އައްޑުއަތޮޅު ކައުންސިލްގައި ތިބި މީހުންނަށް ނޭގޭކަމަށްވަންޏާ އެގޭމީހުންކުރެން އަހައި އޮޅުން ފިލުވަންވީ ނޫންތޯއެވެ. ސުވާދީވަކީ އައްޑުއަތޮޅެއް ނޫނެވެ. ހުވަދުއަތޮޅުގެ ނަން ތިޔަހޮސްޕިޓަލަށްދީގެން އައްޑުއަތޮޅުގެ އަގުވެށްޓުންފިޔަވައި ލިބެނީ ކޯއްޗެއްތޯއެވެ.

އަނެއްކާ ރަންރީދޫ ޓައިއަޅައިގެން ބޮޑާކަންމަތީގައި ބޯހަރުކަންކުރިއަށް ނެރޭއިރު ނާކާމިޔާބުވި ސުވާދީވުގެ ސަރުކާރު ދިވެހި ދައުލަތުން ވަކިވިނަމަ ތިޔަގޮނޑީގައި ތިހެން އިނދެވޭނެކަމަށް ހީވަނީތޯއެވެ. އިގިރޭސިން ފޯޅަވަހީގެ ރައްޔިތުންނަށް ޖެއްސި ހާލު ނުފެނޭތޯއެވެ. ސުވާދީވްގެ ތިޔަ ހުވަފެން ހަގީގަތަކަށްވީނަމަ ތިޔަކައުންސިލް މީހުން މިއަދު ތިބީހީ ކޮންމެވެސް ގައުމެއްގެ ރެފިއުޖީންނަށްވެ ނުވަތަ ޖަންގަލިތެރޭގައި ވިއްސިވިހާލިވެފައެވެ. ބަޣާވާތް ނާކާމިޔާބުވެ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވުމުގެ ހިތެއްވެސް ހަމަ ނެތްބަޔެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ