ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚް
ހަބަރު
23 Sep 2025 | 14:30
ސައުދީގެ މުފްތީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި

ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚްގެ މައްޗަށް ރާއްޖޭގައި ވެސް ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

ޝައިހް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ. ސައުދީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ އެކަން ހާމަކުރައްވާފަ އެވެ. ޝައިހް އަބްދުލް އަޒީޒް އާލުއް ޝައިހް އަކީ މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިލްމުވެރީންގެ ތެރޭން ބޭފުޅެކެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަރަފާތު ބިމުގައި ހުތުބާ ދެއްވާފައިވެ އެވެ. ގާތްގަނޑަކަށް 35 އަހަރު އަރަފާތު ބިމުގައި ހުތުބާ ދެއްވި އެވެ. އެނގިފައިވާ ގޮތުގައި އަރަފާތުގައި އެންމެ ގިނަ ފަހަރު ހުތުބާ ދެއްވި ބޭފުޅަކީ ޝެއިހް އެވެ.

އިސް މުފްތީ އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މުފްތީގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސާފަ އެވެ. ޖަނާޒާ އޮތީ ރިޔާދުގެ އަމީޔޫ އިމާމު އަހްތޫރުކީ ގަ އެވެ.

މީގެ އިތުރުން ދެ ހަރަމްފުޅާއި ސައުދީގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ސައުދީ ރަސްގެފާނު ވަނީ އަންގަވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިހްގެ މައްޗަށް ރާއްޖޭގައި ވެސް ޣައިބަށް ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ކަށު ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ އިޝާ ނަމާދަށް ފަހު އެވެ.

ކޮމެންޓް
މަރު
މަރުވީމަށް އެކަން ނިމިގެންދިޔައީ އެވެ. ހެޔޮ ދުޢާ ކުރުން ހުއްޓެވެ.
23 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.