12 Jun 2019 | 12:14
އަދީބު ރާއްޖެއިން ބޭރަށް ފޮނުވުުމުގެ މައްސަލަ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ފޮނުވުމުގެ މައްސަަލަ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ބަލަން ފަށައިފިއެވެ.

އެ ކޮމެޓީން މި މައްސަލަ ބަލަން ފެށީ ގަލޮޅު ދެކުުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށައެޅުއްވި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ.

މީކާއީލް ހުށައެޅުއްވި މައްސަލަައިގައި އެބޭފުޅާ ވިދާޅުވީޑރ އަފްރާޝީމް އަލީ އާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރަށް ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ.

އަދި އަދީބު ރާއްޖެއިން ބޭރަށް ގޮސް ފިލިޔަ ނުދޭން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ވަނީ އެ މައްސަލައިގައި އެދިފައެވެ.

އެހެން ކަމުން މިއަދު ސަލާމަތީ ކޮމިޓީގެ ކުއްލި ބައްދަލުވުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވަނީ ހާޒިރުކޮށްފައެވެ.

ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންނާއެކު އަދީބު ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވަނީ އިންޑިއާ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.