ރައީސް ކަނދޫދޫގައި ވާހަކަަދއްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Sep 2025 | 13:44
ކޮންޓްރެކްޓްތަކަށް އިތުރަށް ފައިސާނަގައި، ބައެއް ފަރާތްތަކުން ފިލާފައި އެބަހުރި: ރައީސް

ސްކޫލު އަދި ސިއްޚީ މަރުކަޒު ޢިމާރަތްކުރުން ފަދަ ޢިމާރަތްކުރުމުގެ މަޝްރޫއުތަކުގައި، ކުރި މަސައްކަތަށް ވުރެ ގިނައިން މިދިޔަ ސަރުކާރުން ފައިސާދޫކޮށްފައިވާ ބައެއް މަޝްރޫއުތަށް ހުރި ކަމަށާއި، އެފަދަ މަޝްރޫއުތަކުގައި ކޮންޓްރެކްޓަރުގެ ޚަބަރެއް ނުވާ ނުވަތަ "ފިލާ" މައްސަލަ ވެސް ފާހަގަކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. ކަނޑޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑޫދޫގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވަނީ ފައިސާގެ ދަތިކަމުގެ ސަބަބުން ނުވަތަ ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދޭތީ ނޫން ކަމަށެވެ.

އެގޮތުން އެފަދަ ޢިމާރަތްކުރުމުގެ ގިނަ މަޝްރޫއުތަކަކީ ފައިސާ ހަމައަށް ނުވަތަ ކުރި މަސައްކަތަށް ވުރެ އިތުރަށް ވެސް މިދިޔަ ސަރުކާރުންދީފައިވާ މަޝްރޫއުތައް ކަމަށާއި، އެހެންކަމުން ފާއިތުވި އަހަރެއްހާ ދުވަހު ސަރުކާރުން މަސައްކަތްކުރީ އެ ކޮންޓްރެކްޓަރު ލައްވައި އެ މަސައްކަތްތައް ކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ވެސް ފުރަތަމަ ބެލީ ކުރަމުންދިޔަ ފަރާތް ލައްވައި މަސައްކަތްކުރެވޭތޯ. ދެން އެހެން ނަމަވެސް އެކަމެއް ނުވި. ގާތްގަޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަސް މިބެލީ ކޮންޓްރެކްޓަރު ލައްވައި މަސައްކަތްކުރަން. ޢިމާރަތްކުރުމުގެ މަޝްރޫއުތަކުގައި މިކަހަލަ ޢިމާރަތްކުރުމުގެ މަޝްރޫއުތަކުގައި ހުރީ ފައިސާދިނުމުގެ މައްސަލައެއްނޫން ދިމާވެފައި. މީގެ ގިނަ ރަށްރަށުގައި ހުރީ ފައިސާ ހަަމައަށް ދީފައި. އަދި ބައެއް ރަށްރަށުގައި މަސައްކަތަށްވުރެ އިތުރަށް ވެސް ފައިސާ ދީފައި އެބަހުރި އަޅުގަނޑުމެންނާ ޙަވާލުވިއިރު. މަސައްކަތް ހިނގާފައި އޮތް ޕަސެންޓޭޖަށް ވުރެ އިތުރަށް ފައިސާ ދީފައި. އެހެންކަމުން ވަރަށް ބޮޑަށް އޮޅުންބޮޅުންތަކުގައި މިކަހަލަ މަޝްރޫއުތަށް ހުރީ. ކޮންސްޓްރަކްޝަން، ޢިމާރަތް ބިލްޑިން ކޮންސްޓްރަކްޝަން މަޝްރޫއުތައް.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ކުރި މަސައްކަތަށް ވުރެ އިތުރަށް ފައިސާދީފައިވުމުން، އެ މަސައްކަތް ނުކޮށް ކޮންޓްރަކްޓަރު ފިލާ ނުވަތަ ޚަބަރެއްނުވާ މައްސަލަ ވަރަށް ގިނަ ކަމަށާއި، ގިނަ ރަށްތަކުގެ ސްކޫލު ނުވަތަ ހެލްތް ސެންޓަރުގެ މަސައްކަތްތަކަށް ވެފައިވަނީ އެހެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ މަސައްކަތް ނުކުރެވި ގިނަ ދުވަސްވާތީވެ، ޤާނޫނުގެ ތެރެއިން މިހާރު އެފަދަ ކޮންޓްރެކްޓުތައް އުވާލައިފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދެން އެހެންވީމާ އަދި އަމުދުން ދަތިވެގެން ގޮސްފައިވަނީ އެމީހުން ލައްވައި މަސައްކަތްކުރުވަން ވެސް އެއީ އެމީހުންނަށް ފައިސާ ލިބިފައިހުރީމާ. ކޮންޓްރެކްޓަރު ދެން ފިލަނީ. އާދައިގެ ގޮތަކަށް ދަންނަވާނަމަ. ނޫނިއްޔާ ދެން ޚަބަރެއް ނުވަނީ. އެހެންވީމާ މިކަމުގައި ތާށިވެފައި އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށުގެ ސްކޫލު ހެލްތް ސެންޓަރުގެ މަސައްކަތްތައް ހުރީ. ދެން މިހާރު އަޅުގަނޑުމެން މި އޮތީ ޓާމިނޭޓްކޮށްފައި ޤާނޫނުގައި އޮންނަ އުސޫލުގެ ތެރެއިން ގިނަ ދުވަސްވީމާ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެފަދަ މަސައްކަތްތައް ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީ ފަދަ ކުންފުންޏަކާ ހަވާލުކުރުމުން އެކަން މާ ފަސޭހައިން ކުރެވޭނެ ކަމަށެވެ. އެހެންކަމުން ކަނޑޫދޫގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށް ވަރަށް އަވަހަށް އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، މިއަދު ވަނީ ކަނޑޫދޫގެ ބަނދަރުގައި ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ކަނޑޫދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު ވެސް ސަރުކާރުން ވަނީ މިއަދު ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.