އެމްބިއުލާންސްތަކެއް --
ހަބަރު
25 Sep 2025 | 12:13
50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެންނާނެ: ރައީސް

50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މިއަހަރުގެ ތެރޭގައި ގެނައުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ތ. އޮމަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަމުގެ މައުލޫމާތު ކައުންސިލުން ހިއްސާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވަނީ އެ ރަށަށް އެމްބިއުލާންސެއް ބޭނުންވާކަން ކައުންސިލުން މައުލޫމާތުދިންކަމަށް ވިދާޅުވެފައެވެ. 

އެކަން ކުރުމަށް ރައީސް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ 50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެމްބިއުލާންސްތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން އޮމަދޫއަށް ބޭނުންވާ އެމްބިއުލާންސް ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށުގެ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތް ވެސް ވީހާވެސް އަވަހަަކަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއުކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މަސައްކަތަށް ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލައި، އެކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެ ރަށުގައ ކައުންސިލުން އެދުނު ބައެއް ކަންކަމަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެރަށުގެ ހުޅަނގު ފަރާތުން ނެރެއް ކަނޑައިދިނުމަށް ކައުންސިލުން އެދިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގެ ދިރާސާތަކެއް ހެދުމަށްފަހު އެކަން ކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ.

އަދި އެރަށުގެ ތަރައްގީގެ އިތުރު މަޝްރޫއުތައް ކަމުގައިވާ ސިއްޚީ މަރުކަޒާއި ސްކޫލަށް އިތުރުކުރެވޭ ބައިގެ މަސައްކަތާއި، ސިއްޚީ މަރުކަޒަށް ހޯދާ އެމްބިއުލާންސްގެ އިތުރުން އެ ރަށުގެ ދަނޑުގެ ޕިޗު ބަދަލުކުރުމުގެ މަސައްކަތް ވެސް ބަޖެޓުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.