ފެނަކަ ނަންބޯޑު..
ހަބަރު
26 Sep 2025 | 14:51
ލޯނުގެ އިތުރުންވެސް ފެނަކައަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދިން: އޮޑިޓް

ލޯނުގެ ގޮތުގައި ސަރުކާރުން ދޫކުރި ފައިސާގެ އިތުރުންވެސް މިދިޔަ އަހަރު އަހަރުދުވަހުގެ ތެރޭގައި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ފެނަކައަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަނުގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ފެނަކައަށް 4.03 ބިލިއަން ރުފިޔާގެ އެހީދީފައިވާކަމަށެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 2019 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކަރަންޓްގެ އަގު ހެޔޮކުރުމުެގ ގޮތުން ޓެރިފް ރޭޓްތަކަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ފިނޭންސުން ފެނަކައަށް ދެމުންދިޔަ ސަބްސިޑީއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ސަބްސިޑީގެ ގޮތުގައި ދީފައިވާ ފައިސާ އާއި ކެޕިޓަލް ކޮންޓްރިބިއުޝަނުގެ ގޮތުގައި ދީފައިވާ ފައިސާވެސް ހިމެނެއެވެ.

މީގެ ތެރެއިން 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ ފެނަކައަށް 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފައެވެ. 

ފެނަކަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2023 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން 669.7 މިލިއަން ރުފިޔާގެ ތެރެއިން 92 އިންސައްތައަށްވާ ފައިސާ ހޭދަކޮށްފައިވަނީ، މުއައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށްކަމަށެވެ. މީގެ އިތުރުން އޭގެ ކުރިން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ފިނޭންސުން ސަބްސިޑީގެ ގޮތުގައި ފެނަކައަށް ދޫކުރި ފައިސާގެ ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ މުއައްޒަފުންގެ ހަރަދުތަކަށްކަމަށް އޮޑިޓް ރިޕޮޓްގައި ވަނީ ފާހަގަކޮށްފައވެެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ފެނަކައިގެ މި އޮޑިޓް ރިޕޯޓަށް ބަލާއިރު، އެންމެ ފާހަގަކުރެވިގެން ގޮސްފައިވަނީ ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.