ފޭޒްލީން
ހަބަރު
27 Sep 2025 | 13:22
10 ގަޑިއިރުގެ ތެރޭގައި 10،000 ދައްކައިފިނަމަ ފޭޒު ދޫކޮށްލާނެ ކަމަށް ކޯޓުން ބުނެފި

ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން ގެއަކަށް ވަދެ ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގި މައްސަލައިގައި ކަފާލާތުގެ ދަށުން ދޫކުރަން ކޯޓުން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

49 އަހަރުގެ ފޭޒްލީން ހައްޔަރުކުރީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:38 ހާއިރު ގދ، ތިނަދޫ ގައި މީހަކު ހުއްދަ ނެތި ގެއަކަށް ވަދެ އެގޭގައި ކުޑަކުދީންތަކެއް ތިއްބާ ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާަމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއްގައެވެ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއިރު، އެ މައްސަލައިގައި ބަންދުކުރުމަށް ކޯޓަށް ހާޟިރުކުރުމުން ކޯޓުން ވަނީ  10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށް ނިންމާފައެވެ.

އެކަމަކު ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

އެ މައްސަލައިގައި ފޭޒްލީން ފައިސާދެއްކި ކަމެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ
16 Jul 2026
ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން
ކޮމިޓީގެ ނިންމުމަށްފަހު ދެން ފާސްކުރުމަށް ހުށަހަޅާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ
16 Jul 2026
ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި
އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު އަގުމަގު އެޕްލިކޭޝަން އެޕްސްޓޯރުތަކުން ޑައުންލޯޑުކޮށް ބޭނުންކުރެވޭނޭ ކަމަށެވެ
16 Jul 2026
ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރުގައި. ދަރަނިތައް އަދާކުރުމާއެކުވެސް ރިޒާވް ފެންނަނީ ވަރުގަދަކޮށް
އެމްއެމްއޭ އިން ބުނީ މެއިމަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ދަރަނިދެއްކުން ފާހަގަކޮށްލެވެއެވެ
16 Jul 2026
ރިޕޯޓްފޮތްދީ ދަރިވަރުން ފުރަތަމަ ޓާމް ޗުއްޓީއަށް
ފުރަތަމަ ޓާމްގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ