ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު -- ފޮޓޯ: މިހާރު
ހަބަރު
28 Sep 2025 | 11:26
ސައީދަށް ގޯސްވީ އޮޑިޓް އޮފީސް، ވިދާޅުވީ ނުހައްގު އެއްވެސް މަންފާއެއް ނުހޯދާކަމަށް

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ހުރީ ހަޤީގަތާ ހިލާފު މައުލޫމާތު ކަމަށާއި، ފެނަކައިގައި ހުންނެވި ދުވަސްވަރު ނުހައްޤު އެއްވެސް މަންފާއެއް ހޯދައިފައިނުވާނެ ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، މާލިއްޔަތު ޤާނޫނާއި، ފެނަކަ އަދި ޕީސީބީގެ ގައިޑްލައިންތަކާއި ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފު ގިނަ ކަންކަމެއް އޭރުގެ ފެނަކައިގެ ވެރިން ވަނީ ކޮށްފައެވެ.

އެގޮތުން އެ މުއްދަތުގެ ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަންގެ އެއްބަސްވުން ހެދުމާއި، ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 90 އެއްބަސްވުމެއްގެ ދަށުން 31.1 މިލިއަން ރުފިޔާ ދޫކުރުމާއި އަދި އިއުލާނެއް އަދި އެއްބަސްވުމެއް ނެތި، ކުރީގެ މެންބަރު އަނދުން ހުސައިން ޝަހީމުގެ ކުންފުނިން 111 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތުން ފަދަ ކިތަންމެ ވާހަކަތަކެއް އެ ރިޕޯޓުގައި ހުއްޓެވެ. 

އެކަމާއި ގުޅިގެން މިއަދު ސައީދު ނެރުނު ބަޔާނުގައި ބުނީ، އެކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން 17 ނޮވެމްބަރު 2023ގެ ނިޔަލަށް ވެސް، އެ ކުންފުނިން ކުރި ހުރިހާ ޕްރޮކިއުމަންޓްގެ މުއާމަލާތްތައް ހިންގައިފައިވަނީ އެ ކުންފުނީގެ އިންޓާނަލް އުސޫލުތަކާއި ޤަވާއިދުތަކާއި އަދި އެކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ. 

އަދި އެ އުސޫލުތަކާއި ޚިލާފަށް އެއްވެސް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ވެސް އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެކުންފުނީގައި މަސައްކަތްކުރެއްވިއިރު ދައުލަތުގެ އެއްވެސް ފައިސާއެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިނުވާނެ ކަމަށާއި، ނުޙައްޤު އެއްވެސް މަންފާއެއް ވެސް ހޯދައިފައިނުވާނެ ކަމަށެވެ.

އަޅުގަނޑު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހޭދަކުރި ފަސް އަހަރު ދުވަހުގެ މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންސާފުވެރިކަމާއިއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލަމެވެ. އަދި އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވެސް އަޅުގަނޑު ދެމެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަޙްމަދު ސަޢީދު

އެ ބަޔާނުގައި ސައީދު ވަނީ ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަށް ތަކުލީފުތަކަށްވެފައި އޮތް ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯދައްވައިދެއްވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ރިޕޯޓުތަކުގެ ސަބަބުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.