ހުޅުމާލެ: އެ ސިޓީގެ ތަރައްގީގައި އާންމުން ބައިވެރިކުރުމަށް ފޯރަމެއް ބޭއްވުމަށް ވަނީ ނިންމައިފައި -- ފޮޓޯ: އެޗްޑީސީ
ހަބަރު
29 Sep 2025 | 10:03
"ހިޔާލުން ހުޅުމާލެ": ހުޅުމާލެއަށް ގެންނަން ޢާންމުން ބޭނުންވާ ބަދަލުތައް އަޑުއަހަން ފޯރަމެއް

ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް "ހިޔާލުން ހުޅުމާލެ"ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމަކީ ހުޅުމާލޭގެ ތަރައްގީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓާ ޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ ފޯރަމުގައި ރަޖިސްޓްރީވުމަށް ބޭނުންކުރެވޭނެ ކިއުއާރް ކޯޑު

އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތް ނުވަތަ ސޯޝަލް ޕްލޭނާއި، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް ނުވަތަ ޓްރާންސްޕޯޓް ޕްލޭން ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން ނުވަތަ ލޭންޑްސްކޭޕް ޕްލޭން އާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެއެވެ.

ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓާ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓާ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.