ފްލޮޓީލާ އުޅަނދުތައް...
ހަބަރު
29 Sep 2025 | 22:12
ޔަހޫދީންގެ އިންޒާރަށް ބެލުމެއްނެތި ގްލޯބަލް ސުމޫދު ފްލޮޓިލާ ބޯޓުތައް ޔެލޯ ލައިން ހުރަސްކޮށްފި

ޣައްޒާ ހިސާރުކޮށްފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ފްލޮޓީނާ މޫވްމަންޓްގެ ޔޮޓްތައް ޔަހޫދީންގެ އިންޒާރަށް ބެލުމެއްނެތި ޔެލޯ ލައިން ހުރަސްކޮށްފިއެވެ.

ފްލޮޓީލާ މޫވްމަންޓުގެ ޔޮޓްތައް ޣައްޒާއާ ދިމާލަށް މިސްރާބުޖެހުމާއެކު މީގެ ދުވަސްތަކެއްކުރިން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ އެ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ ބިރުދައްކަން ފަށާފައެވެ. އެގޮތުން ރޭގަނޑުގެ ގަޑިތަކުގައި ޑްރޯން ފޮނުވައި ބައެއް ޔޮޓްތަކަށް ހަމަލާދިނުންފަދަ ކަންކަން ކޮށްފައިވާއިރު، ޔޮޓްތަކުގެ މުއާސަލާތީ ހިދުމަތްތައް ކަނޑާލުމަށް ވަނީ މަސައްކަތްކޮށްފައެވެ.

ފްލޮޓީލާ މޫވްމަންޓްގެ ފަރާތުން ބުނެފައިވަނީ އަންނަ ބްރާސްފަތި ހިސާބުގައި ރެޑް ލައިން ހުރަސްކުރެވޭވަރު ވާނޭކަމަށެވެ. ފްލޮޓީލާ މޫވްމަންޓްގައި ހިމެނޭ ޔޮޓްތައް ޔެލޯލައިން ހުރަސްކޮށްފައިވާކަމަށް މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ.

އިސްރާއީލުން ވަނީ ޢައްޒާގެ ކަނޑުގެ ސަރަހައްދަށް ޔޮޓްތައް ނުވަނުމަށް މީގެކުރިން އިންޒާރުދީފައެވެ. ނަމަވެސް ފްލޮޓީލާ މޫވްމަންޓްގެ ބައިވެރިން ވަނީ އިސްރާއީލްގެ އަސްކަރިއްޔާއިން ދެމުންދާ އިންޒާރުތަކަށްވުރެ، ޣައްޒާގެ ރައްޔިތުންގެ ހިސާރު ނައްތާލުން މުހިންމުކަމަށް ބުނެ، ދަތުރު ކުރިއަށްގެންދާނޭކަމަށް ބުނެފައެވެ.

ޖީއެސްއެފުން ވަނީ އިސްރާއީލް ސިފައިން ދްރޯން މެދުވެރިކޮށް ޔޮޓްތަކަށް ހަމަލާދޭތީވެ، މީގެ ކުރިން އެކަން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. މީގެ އިތުރުން ސްޕެއިން އަދި އިޓަލީ ފަދަ ޤައުމުތަކަށް ނިސްބަތްވާ ޔޮޓްތަކުގެ ބައިވެރިން ވަނީ އެ ޤައުމުތަކުގެ އަސްކަރިއްޔާގެ ސަމާލުަކަމަށް އެކަން ގެނެސްފައެވެ.

ފްލޮޓީނާ މޫވްމަންޓަކީ ޣައްޒާ މިނިވަންކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެކްޓިވްސްޓުންތަކެއް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މޫވްމަންޓެކެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ އުޅަނދު ބައިވެރިވެއެވެ. މި އުޅަނދުތަކުގެ އެންމެބޮޑު އެއް ބޭނުމަކީ ޣައްޒާ ހިސާރު ނިމުމަކަށް ގެނެސް، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.