އެހީގެ އުޅަނދުތަކަށް ޔަހޫދީން ހަމަލާދެނީ، އެއް ބަޔަކު ހައްޔަރު ކޮށްފި

ހައްޔަރުކުރި ބައެއް މީހުން

ނިރުބަވެރި ޔަހޫދީ ދައުލަތް އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާންމު ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޣައްޒާއަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބައެއް އުޅަނދުތަކަށް އިޒްރޭލްގެ ސިފައިން އަރައިގަނެ ހަމަލާދޭން ފަށައިފި އެވެ.
އެކަން މި ހަރަކާތުގެ ރަސްމީ ޓީމުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ފްލޮޓިއްލާގެ ދެ އުޅަނދަކަށް ހަމަލާދީ އެކްޓިވިސްޓުން ވަނީ ހައްޔަރު ކޮށްފަ އެވެ.

<br>

އިޒްރޭލުން ދަނީ ވަރަށް ހީލަތްތެރި ގޮތެއްގައި އިންސާނިއްޔަތުގެ މިބޮޑު ހަރަކާތަށް ހުރަސް އަޅަމުންނެވެ. އަދި އެއީ ސުލްހައިގެ ބައެއް ކަމަށް ސިފަވާނެ ގޮތަށް ސްޓޭޓްމަންޓްތައް ނެރެމުން ދެއެވެ.

ހަމާސްގެ ސަބަބުން ހަނގުރާމައެއް އުފެދިފައިވާ ކަމަށާ އެފަދަ ސަރަހައްދަކަށް ކަނޑުމަގުން ވިޔަސް ވަނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ އެކްޓިވިސްޓުންނާއި ދެކޮޅަށް ހިންގަން ރާވަމުންދާ ކަންކަން އޮޅުވާލަން އިޒްރޭލުން މަސައްކަތް ކުރެ އެވެ.

ދެ ބޯޓަކަށް އިޒްރޭލުން އަރައިގެންފައި ވަނީ ވެސް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ ޣައްޒާއަށް ދަތުރުކުރަނީ އިޒްރޭލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑަށް ގޮންޖެހުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާތައް މެޑިޓަރޭނިއަން ކަނޑުގެ މިފަދަ ސަރަހައްދުތަކުގައި އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

ކޮމެންޓް