އދ.ގެ މިދިޔަ އަހަރުގެ ޢާންމު ޖަލްސާގެ ހަވާސާގެ ތެރެއިން ރައީސް މުޢިއްޒު، ފަލަސްތީނުގެ ރައީސް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Oct 2025 | 10:04
ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ޙިސާރުކޮށް، ބައިވެރިން ހައްޔަރުކުރުން ރައީސް ކުށްވެރިކުރައްވައިފި

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމުދް ފްލޮޓިލާ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިޒްރޭލުން ހިފަހައްޓައި ޙިސާރުކުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިފަދަ ބިރުދެއްކުމުގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިވަންކަމާއި އަސާސީ ޒަރޫރީ ބޭނުންތައް ގެއްލިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ އިންސާނީ އެފަދަ ފަރާތްތަކަށް ހަމަލާ ދިނުމަކީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށެވެ.

އަދި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދައިން އިޒްރޭލުން ކުރަމުންދާ ޖަރިމާތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު ވަރަށް ބޮޑަށް އެކަހެރިވެފައިވާ ކަމަށާއި، އިޒްރޭލުން ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފު އަމަލުތައް ހިންގަމުންދާތީ އެކަމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އެއާއެކު ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތަކާއި، ޢަދުލުވެރިކަމާއި، މިނިވަންކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސް އެދަައިން ވިދާޅުވިއިރު، ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 13 ބޯޓެއް ޙިސާރުކޮށް، އެ ބޯޓުތަކުން ދަތުރުކުރި 160 މީހެއް އިޒްރޭލުން ރޭ ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގާާތްގަޑަކަށް 25 ޤައުމެއްގެ މީހުންނެވެ.

ބައިނަލްއަގުވާމީ ކަނޑުތަކުގައި އިޒްރޭލުން ކުރި އެ ކުށަކީ ބައިނަލްއަގުވާމީ ޤާނޫނާ ޚިލާފު ޖަރީމާއެއްކަން ފާހަގަކުރެވެއެވެ.

އެ ބޯޓުތައް ހައްޔަރުކުރި ނަމަވެސް، 44 ހަތަރު ބޯޓު ހިމެނޭ އެ ފްލީޓުގެ ބާކީ އޮތް 30 ބޯޓު ޣައްޒާއަށް ދަނީ ދަތުރުކުރަމުންނެވެ. އިތުރު ހުރަހެއް ނެތި އެ ބޯޓުތަކަށް ދަތުރުކުރެވިއްޖެ ނަމަ، ކުރިޔަށް އޮތް ފަސް ގަޑިއިރުގެ ތެރޭގައި އެ ބޯޓުތަކަށް ޣައްޒާއަށް ވަދެވޭނެ ކަމަށް އެ ހަރަކާތުގައި ބައިވެރިވާ ޓީމުތަކުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.