އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް -- ފޮޓޯ: މަޖިލިސް
ހަބަރު
02 Oct 2025 | 10:52
ފްލޮޓިއްލާގެ ބަހުސްގައި ފަލާޙް ވިދާޅުވީ އެމްޑީޕީން އިޒްރޭލުގެ ޕާސްޕޯޓު ހުއްދަކުރާނެ ކަމަށް

ފްލޮޓިއްލާގައި ހުރި ދިވެއްސަށް ރައްކާތެރިކަން ދޭން އެދި ކުއްލި މައްސަލައެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވީ ސިޔާސީ ނިޔަތެއް އޮވެގެން ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި ހުއްދަކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް އެފަދައިން ވިދާޅުވީ މިހާރު ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭސް ހިފައިގެން ދަތުރުކުރާ ގްލޯބަލް ފްލޮޓިއްލާގައި ދިވެއްސަކު ހުރުމުން އޭނާއަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކުއްލި މައްސަލަ ބަލައިގަތުމަށްފަހު އެންމެ ފުރަތަމަ ވެސް ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ، އެމްޑީޕީގެ މެންބަރަކު އެ މައްސަލަ ހުށަހެޅުއްވީ ހެޔޮ ނިޔަތުގައި ކަމަށް ހީފުޅުކުރެއްވި ނަމަވެސް މެންބަރު މައުރޫފް "ވާހަކަފުޅު ދެއްކެވި ގޮތުން" އެއީ ކުށްހީއެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.

އެގޮތުން ފަލާޙް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިޒްރޭލާއި އެކު ސިޔާސީ ގުޅުން ޤާއިމްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި، އެކަމުގެ ތެރެއިން ރާއްޖެއާއި އިޒްރޭލާއި ދެމެދު ސީދާ ދަތުރުތައް ބޭއްވުމަށް ވެސް އެ ސަރުކާރުން ވަރަށް މަސައްކަތްކުރި ކަމަށެވެ. ފަލާހް ވިދާޅުވީ އެއަށް ފަހު އެކި ވެރިކަންތައް އައި ނަމަވެސް، މިއަދާއި ހަމައަށް ވެސް އިޒްރޭލާއި ދެކޮޅަށް އެންމެ ބޮޑު އެއް ފިޔަވަޅު އެޅި ސަރުކާރަށް މި ސަރުކާރު ވާނެ ކަމަށެވެ.

މިހާ ހިސާބަށް އެކި ސަރުކާރުތައް އެކި ގޮތަށް ބަދަލުވަމުން އައިސް މިއަދާއި ހަމައަށް އައިއިރުގައި އަޅުގަނޑު ދަންނަވާލާނީ މުޅި ދުނިޔޭގައި ވެސް ފާހަގަކުރެވޭ އެންމެ މުހިންމު އެއް ފިޔަވަޅޭ އިޒްރޭލާ ދެކޮޅަށް އެޅި އެއް ޤައުމަކަށް ވާނީ ދިވެހި ޤައުމު، މިއަދުގެ މި ސަރުކާރުން. އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ. އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އިޒްރޭލުގެ ޕާސްޕޯޓުގައި މިހާރު އެތެރެއެއް ނުވެވޭނެ

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް

އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވަމުން ފަލާޙް ވިދާޅުވީ ކުރިޔަށް އެމްޑީޕީގެ ވެރިކަމެއް އައިސްފިނަމަ، މި ސަރުކާރުން ބޭންކޮށްފައިވާ އިޒްރޭލުގެ ޕާސްޕޯޓު އެމްޑީޕީގެ ސަރުކާރެއްގައި ހުއްދަ ކުރާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ކޮންޓްރޯލް އޮތް 19ވަނަ މަޖިލީހުގައި ވެސް އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރުމުގެ ނަމުގައި އެ މައްސަލަ ދައުރު ނިމެންދެން މަޖިލީހުގައި ކުރިޔަށް ގެންދިޔަ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ދިވެހި ރައްޔިތުން އެމްޑީޕީން ދައްކާ ވާހަކަ ޤަބޫލުނުކުރާނެކަން ވަރަށް ސާފުކަމަާށާއި، ރޭ ޕީއެންސީން ބޭއްވި ޖަލްސާއިން އެކަން ސާފުވާކަމަށް ވެސް މެންބަރު ވިދާޅުވިއެވ.

ދިވެހި ރައްޔިތުން މިތިބީ އެމްޑީޕީން މިޖަހާ ސަކަރާތުގައި މި ބޭފުޅުން މިދައްކާ މޮޔަ ވާހަކަތަކުގައި ޖެހިގެން އެ އަވާގައެއް ނޫން. ދިވެހި ރައްޔިތުން ތިބި ގޮތް ވަރަށް ސާފުވާނެ. ފިއްޓޭ އެ ވަޑައިގަންނަވަނީ ބޭރަށް، ބަހުސެއް ނުކުރައްވާނެ މިކަމަކާ. މިހާރު ވެސް އަޅުގަނޑަށް އޮތް އެންމެ ބިރަކީ އިއްޒަތްތެރި ރައީސް އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުން ވެސް ވެރިކަން ލިބިއްޖެކަމަށްވަންޏާމުން އަޅުގަނޑުމެން މި މަނާކުރި ޕާސްޕޯޓު އިޒްރޭލުގެ ރައްޔިތުންނަށް ހުއްދަދީ އަލުން ދިވެހިރާއްޖޭގެ ބީޗުތަކުގައި މޫދުގައި ފީނުމުގެ ހުއްދަ އިޒްރޭލުގެ ރައްޔިތުންނަށް ދޭނެ. ހުއްދަކުރާނެ އިނގޭތޯ. ހުއްދަ ކުރާނެ. މިކަމާ ދެކޮޅެއް ނަހަދާނެ އެއްވެސް މެންބަރަކު.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް

އެހެން ނަމަވެސް ފަލާޙް ވިދާޅުވީ ދިވެހީންނަކީ އަބަދުވެސް ފަލަސްތީނާއެކު ތިބި ބައެއް ކަމަށާއި، އެންމެ ކުޑައިރުއްސުރެ ވެސް އެކަން އޮންނަނީ އެހެން ކަމަށެވެ. އެގޮތުން އަބަދުވެސް ދިވެހީންނަށް ލިބެން އޮންނަ އެހީއެއް އަބަދުވެސް ދިވެހި ރައްޔިތުން ދަނީ ފޯރުކޮށްދެމުން ކަމަށް މެންބަރު ވިދާޅުވިއެެވެ.

މިއަދު ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އިޒްރޭލާއި އަދި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުން ސުމުދު ފްލޮޓިލާތަކަށް ހުރަސްއަޅަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެހެންކަމުން އެ އަމަލުތައް ކުށްވެރިކުރުމަށާއި އެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ ސުމުދު ފްލޮޓިލާގައި ދިވެހިންވެސް ބައިވެރިވެފައިވާއިރު، މި ދަތުރަށް ހުރަސްއެޅުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް ކަމަށް މެންބަރުން ފާހަގަކުރައްވައެވެ. އަދި މި ކަމުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލައްވާފައިވެއެވެ.

ކޮމެންޓް
ކަބަލުން
ކޮންމެކަމެއްވެސް ސިޔާސީ !!!
02 Oct 2025
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.