އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށްގެންދިޔަ ސެޝަނެއް... ފައިލް ފޮޓޯ: އައިކޮމް
ހަބަރު
02 Oct 2025 | 18:10
ޕޭ ކޮމިޝަނުގެ ހުއްދަނެތި އައިކޮމްގެ މުއައްޒަފުންނަށް ލިވިން އެލަވަންސްދޭ މައްސަލައެއް

ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަނެތި އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އޮފީހުގެ މުއައްޒަފުންނަށް ލިވިން އެލަވަންސްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އައިކޮމްގެ މި މައްސަލަ ފެންމަތި ވެފައިވަނީ، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ އޮފީހުން 2024 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މުއައްޒަފަކަށް މަހަކަށް 3000 ރުފިޔާ ދީފައިވަނީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނާ ހިލާފަށް ކަމަށެވެ. އޮޑިޓް ރިޕޯޓްގައި އެލަވަންސް ދިން މުއްދަތު ބަޔާންކޮށްފައިވަނީ އޮޑިޓްކުރި މުއްދަތަށެވެ. 

އޮޑިޓް ރިޕޯޓްގައި ވަނީ އުސޫލާ ހިލާފަށް ދިން އެލަވަންސް މުއައްޒަފުންގެ އަތުން ހޯދުމަށް އަންގާފައެވެ. އެގޮތުން އެ ފައިސާ ހޯދާނެގޮތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކައިގެން ކުރިއަށްދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ، އެލަވަންސް މައްސަލަ ފިޔަވައި ނިމިގެންދިޔަ މާލީ އަހަރު އެ އޮފީހުގެ މާލީ މުއާމަލާތްތައް ހުރީ ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.