އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް
ހަބަރު
04 Oct 2025 | 00:57
ދުއާއަކުން މުޒާހަރާ ނިންމާލައިފި، އެނބުރި އަދި އަންނާނަން

'ލޫޓުވާލައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ ނިންމާލައިފި އެވެ.

މިރޭގެ މުޒާހަރާ ފުރަތަމަ ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވި އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާގެ ބައިވެރީންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

އަދި އޭގެ ފަހުން ގޮވާލީ މަގުމައްޗަށް ނިކުތުމަށެވެ. އެހެން ކަމުން މުޒާހަރާގެ ބައިވެރީން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. އޭރު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަަންދުކޮށްފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ހަރަކާތްތެރިވަމުން ދިޔަ އެވެ.

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް

މުޒާހަރާގެ ބައިވެރީން ކުރިއަށްދާން ފުުރުސަތު ނުދިނުމުން ހަމަނުޖެހުން އުފެދުނެވެ. ބައެއް މީހުން ވަނީ ބެރިކޭޑްތައް އުކާލާފަ އެވެ.

އަދި ފުލުހުން ގެންގުޅޭ ޝީލްޑްތަކުގައި ތަޅާ ހަދާފައިވެ އެވެ. 

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް

އެއްވުމުގެ ބައިވެރިން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭސްވެސް ޖަހާފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާއި ދިމާއަށް އެކި އެއްޗެހި އުކާފަ އެވެ.

މުޒާހަރާގެ ބައިވެރީން ވަނީ ދެތީން ގަޑިއިރު މަޖީދީމަގުގައި ހަރަކާތްތެރިވެފަ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ މަގުމަތީ އިށީންދެ ތިބެ އަޑުއުފުލާފަ އެވެ.

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް

އޭގެ ފަހުން އެމްޑީޕީން ވަނީ މުޒާހަރާ ރަސްމީކޮށް ނިންމާލިކަން އިއުލާނުކޮށްފަ އެވެ. އޭގެ ކުރީން ހާއްސަ ދުއާއެއް ކުރުން އޮތެވެ.

އެ ޕާޓީގެ ލީޑާޝިިޕުން ބުނީ މިރޭގެ މުޒާހަރާ އަކީ "ވޯމްއަޕް" އެއް ކަމަށެވެ. 

ޤާނޫނާ ޚިލާފު ކަންކަން ހިންގި, ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމުން އެ ގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށެވެ.

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް

ނަމަވެސް އެކަމަށް އިޖާބު ނުދީ މުޒާހަރާގެ ބައިވެރީން ފުލުހުންނާއި ދިމާއަށް ގަލާއި ފެންފުޅި އުކައި, ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އެހެން ކަމުން އެ އަމަލުތައް ހިންގި މީހުންނާއެކު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާ -- ފޮޓޯ: ވޮއިސް

މިރޭގެ އިހްތިޖާޖުގައި ކުރީގެ ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ވެރީންނާއި މަޖިލީސް މެންބަރުންނާއި އެ ޕާޓީގެ ކައުންސިލަރުންނާއި މޭޔަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. މުޒާހަރާގެ ތެރެއިން ބައެއް މެންބަރުންނާއި އާންމުން ހައްޔަރު ކޮށްފައިވެ އެވެ.

ކޮމެންޓް
ބަޗީ
އެމްޑީޕީގައި ވެރިންގެ ގޮތުގައި ތިބި މީހުން ފަހަތުގައި ފިލާތިބެގެން އާންމުން ލައްވާ ކުށް ކުރުވަނީ. ހުރިހާ ނިކަމތިކަމެއް ލިބޭނީ އާންމުންނަށް. އާންމުން ކޮސް ހެދުމަށް ވުރެ ލީޑަރ ޝިޕް ލައްވާ ހަދާކޮހެއް ހަދަން ދޫކޮށްލާ.
04 Oct 2025
ޚޮން
ކޮންތާކަށް އަންނަނީ. ގޭގަ އޮވޭ އެއްކްމެއްވެސް ނުވާނެ
04 Oct 2025
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.