މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރެއިން... ފޮޓޯ: ވޮއިސް
ހަބަރު
04 Oct 2025 | 19:25
މުޒާހަރާގެ ބައިވެރިންނާމެދު އަމަލުކޮށްފައިވާނީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން

މާލޭގައި ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުންގެ އޮފިސަރުން އަމަލުކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކޮށްކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

އެމްޑީޕީން ރޭ މާލޭ އާޓިފިޝަލް ބީޗް ކުރިމަތިން އޮންނަ މަޖީދީމަގުގައި ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުންގެ އަމަލުތައް ހުރީ އުސޫލުން ބޭރުންކަމަށްބުނެ އެޕާޓީން ވަނީ ފުލުހުންނަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާގައި ކަންކަން ހިނގާދިޔަގޮތަށް ބަލާއިރު، ފުލުހުންގެ ފަރާތުން އަމަލުކޮށްފައިވާނީ ނަސޭހަތާއި އިންޒާރު ދިނުމަށްފަހު، އެ އެއްވުން ހުއްޓުވުމުގައި ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކުގައިކަމަށެވެ.

ފުލުހުން ބުނީ އެމްޑީޕީން ރޭ ކުރިއަށްގެްނދިޔަ މުޒާހަރާގައި ފުލުހުންނާ އެއްބަސްވެފައިވާގޮތާ ހިލާފަށް މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ކުރިމަތިލައި މަޖީދީމަގުން ދިއުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭހަތްދެމުން ދަނިކޮށް، ފުލުހުން ބޭނުންކުރާ ޝީލްޑްތައް އަތުލުމަށް މަސައްކަތްކޮށް، ބެރިކޭޑްތައް އުކާލައި، ޤާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވާކަމަށެވެ. 

ރޭ ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން... ފޮޓޯ: ވޮއިސް

ފުލުހުންގެ ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާނީ ފުލުހުންގެ ގާނޫނުން މަތިކޮށްފައިވާ އަދި ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރާއި އިހްތިޔާރުގެ ތެރެއިންކަމަށެވެ. އަދި ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރޭގެ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާއިރު، އަނެއް 6 މީހުންނަށް ވަނީ ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.