އެމްޑީޕީގެ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ވޮއިސް
ހަބަރު
05 Oct 2025 | 12:13
އެމްޑީޕީ މުޒާހަރާގައި ހިންގާފައިވަނީ އަނިޔާވެރި އަމަލުތަކެއް: ޕީއެންސީ

މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހިންގާފައިވަނީ އަނިޔާވެރި ޢަމަލުތަކެއް ކަމަށާއި، އެކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެޕާޓީން ބުނެފިއެވެ.

ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާގެ ބައިވެރިން ހިންގި ޢަމަލުތަކަކީ ޤާނޫނާ ޚިލާފު އަނިޔާވެރި ޢަމަލުތަކެއް ކަމަށެވެ.

ޕީއެންސީން ފާހަގަކުރި ގޮތުގައި އެމްޑީޕީން ވަނީ އެއްބަސްވެފައިވާ މުޒާހަރާގެ ރޫޓުން ބޭރުވެފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ މަނާ ސަރަހައްދުތަކަށް ވަދެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންނާއި ދިމާލަށް ފުޅިއާއި ގާތައް އުކައި، ފުލުހުންގެ ޝީލްޑްތައް އަތުލަން މަސައްކަތްކޮށްފައެވެ.

މިއީ ގަސްތުގައި ރާވައިގެން ހިންގި އަނިޔާވެރި ޢަމަލުތަކެއް ކަމަށާއި، ޤައުމުގެ ހަމަޖެހުމަށް ލޮޅުން އެރުވުމަށް ކުރި މަސައްކަތެއް ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެއިތުރުން، އެމްޑީޕީން އެހެން ރަށްރަށުން މުޒާހަރާއަށް މީހުން ގެނެސް، އެ މީހުންނަށް ކާންބޯން އަދި ތިބޭނެ ތަނެއް ނުދީ ދޫކޮށްލާފައިވާ ކަމަށް ޕީއެންސީން ވަނީ ތުހުމަތުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު މާލޭގައި ހާލުގައި ޖެހުނު ކަމަށާއި، މިއީ އެމްޑީޕީން ތަމްސީލުކުރަން ބުނާ ރައްޔިތުންގެ ދޭތެރޭ އެއްވެސް ވިސްނުމެއް ނެތި ކުރި ކަމެއް ކަމަށް ޕީއެންސީން ބުންޏެވެ.

އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއް ނަމަވެސް، އެ ޙައްޤުގެ ބޭނުން އަނިޔާވެރި ގޮތުގައި ހިފައި، ފުލުހުންނަށް ހަމަލާދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ޕީއެންސީން ބުންޏެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން ދެއްކި ޕްރޮފެޝަނަލްކަމާއި ކެތްތެރިކަން ޕީއެންސީން ފާހަގަކޮށް، ފުލުހުންގެ ޢަމަލުތައް ހުރީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށް ބުންޏެވެ. އަދި މި ހާދިސާގައި އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، އެ ޕާޓީން ދެމިހުންނާނީ ޤާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އަސްލުތައް ދެމެހެއްޓުމުގެ މަގުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.