އަޑިއަށް ދިޔަ ނަސްރު ބޯޓު -- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
18 Oct 2025 | 14:02
ނަސްރު ބޯޓު އަޑިއަށް ދިޔުމުން ރައްޔިތުންނަށް ލިބުނު ގެއްލުން ކުމުންދޫ ކައުންސިލުން ބަލަނީ

ހދ. ނޭކުރެންދޫއަށް ނިސްބަތްވާ ނަސްރު ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން އެ އަތޮޅު ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ކުމުންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނަސްރު ބޯޓު އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެފައިވަނިކޮށް މުދާ ބަރުކޮށްގެން މާލެ އިން ނައިފަރަށް ދަތުރުކުރަނިކޮށެވެ. އެ ބޯޓު ދިޔަވާން ފެށިއިރު 7 މީހަކު އެ ބޯޓުގައި ތިއްބެވެ. އެ އެންމެން ވެސް ސިފައިން ވަނީ ސަލަމާތްކޮށްފައެވެ.

އެ ޙާދިސާއާއި ގުޅިގެން ކުމުންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މައުލޫމާތު އެއްކުރަނީ ކައުންސިލުން ތައްޔާރުކުރާ ރިޕޯޓަކަށް ކަަމަށާއި، އެ ރިޕޯޓު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާ ވެސް ހިއްސާ ކުރާނެ ކަމަށެވެ.

އަދި އެ ޙާދިސާގައި ޢާންމުންނަށް ލިބުނު ގެއްލުމުގެ ބަދަލަކީ އެ އޮތޯރިޓީން ކުރާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 20ގެ ކުރިން އެ މައުލޫމާތުތައް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ކޮމެންޓް
އުމަދު މުފިދު
ބޯޓު އިންޝޫރެސް ނަމަ ބޯޓަށް އެރުވި މުދާ އިންޝޫރެންސް ވާނެ އިންޝޫރެންސު ކޮމްޕެ.ީއިން ގެއްލުމުގެ ބަދަލު ދޭން ޖެހޭ.ެ
19 Oct 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.