ރައީސް ޑރ.މުއިއްޒު ކާށިދޫ ރައްޔިތުންނާ މުހާތަބުކުރައްވަނީ.. ފޮޓޯ: ރައިސް އޮފީސް
ހަބަރު
28 Oct 2025 | 13:41
ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް، ސީޕްލޭން ދަތުރުތައް ފަށަނީ

ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަޙައްދެއްގައި ރިސޯޓެއް ތަރައްގީކޮށް، އެ ރިސޯޓަށް ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފަށާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކާށިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލި ފުރުޞަތުގައި އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްޤީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމަށެވެ.

އެގޮތުން އެ ރިސޯޓާއިއެކު ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ކާށިދޫގެ އިގްތިސާދީ ތަރައްގީ އާއި ވަޒީފާގެ ފުރުސަތުތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި، ދެހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ، ކާށިދޫ ކައިރިން ވަޒީފާގެ ފުރުސަތުތައް ލިބުމަކީ ޒަރޫރީ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް މި ރަށުގައި ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު. ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ޕްލެޓްފޯމެއް ގާއިމުކޮށް، އެކަން ކުރަން ބަލާއިރުގައި މި ދެންނެވިހެން ޓޫރިޒަމް ވަރަށް މުހިއްމުވޭ،

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން، ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ  ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައިކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުއި ފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ހެލްތު ސެންޓަރުގެ އައު ޢިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.