އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު
ދުނިޔެ
03 Nov 2025 | 14:39
އިންޑިއާއިން އެމެރިކާއާއެކު އަސްކަރީ ބޮޑު އެއްބަސްވުމަކަށް!

ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި އެމެރިކާއާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ހާމަކޮށްފައި ވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންހް އާސިއާން ސަމިޓްގެ ހަވާސާގެ ތެރެއިން، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ހެގްސެތު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައ އަސްކަރީ ކޯޑިނޭޝަން އިތުރުކުރެވި، މައުލޫމާތު ހިއްސާ ކުރުމާއި، ޓެކްނޮލޮޖީގެ ގޮތުން ގުޅުން ބަދަހިވެ، ސަރަހައްދީ ހަމަޖެހުން އިތުރުވެގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އެއްބަސްވުމަކީ މިދިޔަ ޖުލައި-އޮގަސްޓް ހާތަނުގައި ސޮއިކުރެވެން ޖެހޭ އެއްބަސްވުމެކެވެ. އެހެންނަމަވެސް އެއްބަސްވުން އިއުލާންކުރެވުން ލަސްވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތައް ހުއްޓުވީ ޓްރަމްޕްކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެން، އިންޑިއާއިން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އިންޑިއާއިން ބުނާ ގޮތުން ހަމަލާތައް ހުއްޓާލީ އިންޑިއާގެ އަމާޒު ހާސިލްވުމުންނެވެ.

މި އެއްބަސްވުން އެކުލަވާލާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް އުސޫލުތަކުގެ ތެރެއިން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޓެރިފް ނަގަން ނިންމާފައިވަނިކޮށެވެ. ޓެރިފް ބޮޑުކުރި އެއް ސަބަބެއްކަމަށް އެމެރިކާއިން ބުނެފައިވަނީ ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް އެޤައުމުން ވިއްކާ ތެޔޮ އިންޑިއާއިން ގަތުމެވެ. ރަޝިޔާއިން ތެޔޮ ގަތުން ދިފާޢުކޮށް އިންޑިއާއިން ފުރަތަމަ ވާހަކަ ދެއްކިނަމަވެސް، އިންޑިއާއަށް ތެޔޮ އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ރިލަޔަންސް ކުންފުނިން މިހާރު ވަނީ ރަޝިޔާއިން ތެޔޮ ގަތުން މަދުކުރުމަށް ނިންމާފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް