ބޯޓުން އަތުލައިގަތް މަސްތުވާތަކެތި.. ފޮޓޯ: ޑެއިލީ ލަންކާ
ހަބަރު
04 Nov 2025 | 10:31
ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ބަރުކޮށްގެން ރާއްޖެ ސަރަހައްދުން ދިޔަ ބޯޓެއް އަތުލައިގަނެފި

ދިވެހި ކަނޑުގެ ސަރަަހއްދުން ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެއް އަވައްޓެރި ސްރީލަންކާގެ ސިފައިން އަތުލައިގަނެފިއެވެ.

ސްރީލަންކާގެ ނޫސްތަނުން ރިޕޯޓްކޮށްފައިވާގޮތުން ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓް ލަންކާ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާދިއްތަދުވަހުން ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ވަނީ ލަންކާގެ އައްސޭރިފަށުގެ ބަނދަރެއްކަމަށްވާ ޑިކޮވިޓާއަށް ވައްދާފައެވެ.

މި ބޯޓުގައި 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ހުރިކަމަށް ލަންކާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި މައްސަލާގައި ބޯޓުގައި ތިބި މީހުންގެ މުއްދަތު ޖަހާފައިވާއިރު، އޭގައި ތިބީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބައެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމަށް ބޭނުންކުރި އުޅަނދެއް ނަމަވެސް ބޯޓު އަތުލައިގަތްއިރު މަސްވެރިކަމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ލަންކާ ސިފައިން އަތުލައިގަތްއިރު ދިވެހި ސިފައިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ހަމަ މިހާ ގިނަ އަދަދަކަށް މަސްތުވާތަކެތި ބަރުކޮށްގެން ރާއްޖެ ސަރަހައްދުގައި އުޅުނު ލަންކާ މަސްބޯޓެއް އަތުލައިގަނެފައެވެ. އޭގައި ހުރި މަސްތުވާތަކެތީގެ އަގު ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނޭކަަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.