ފަރަށްއެރި ބޯޓު... ފޮޓޯ: އެމްއެންޑިއެފް
ހަބަރު
08 Nov 2025 | 14:13
މާލެއިން މުދާ ބަރުކޮށްގެން ހުވަދުއަތޮޅަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށްދާން ފަށައިފި

މާލެއިން މުދާބަރުކޮށްގެން ހުވަދުއަތޮޅަށް ދަތުރުކުރި "ފަހިރޯޅިފަރެސްމާތޮޑާ" ބޯޓު ފަރަށް އަރައި އަޑިއަށްދާން ފަށައިފިއެވެ.

ބޯޓު ފަރަށް އަރައި ބޮޑުބައި އަޑިއަސް ގޮސްފައިވާކަން އެމްއެންޑީއެފުން އެކްސްގައި އާއްމުކުރި ފޮޓޯތަކުން އެނގޭއިރު، މި ބޯޓު އަރާފައިވަނީ ވ.އަތޮޅު ފެލިދޫ ފަރަށެވެ. ފަރަށް އެރިއިރު މި ބޯޓުގައި 12 މީހުން ތިބިކަމަށް އެމްއެންޑީއެފުްނ ބުނެއެވެ.

އެމްއެންޑީއެފުްނ ބުނީ ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރިވަމުންދާކަމަށެވެ.

ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފަތިހު 05:01 ހާއިރުކަމަށް ފުލުހުން ބުންޏެވެ. ބޯޓުގައި ދަތުރުވެރިންގެ ގޮތުގައި ހަމީހަކު ހިމެނެއެވެ. އެއީ 5 ބިދޭސީއަކާއި ދިވެއްސެކެވެ. ބޯޓު އަޑިއަށްދާން މެދުވެރިވި ސަބަބަކީ ފަރަށް އަރައި މައްޔާފަޅައިގެން ދިއުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.