ދައުލަތުގެ ޓެކްސް އިދާރާ... ފޮޓޯ: މީރާ
ހަބަރު
15 Nov 2025 | 16:35
ޓެކްްސް އިދާރާއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މުއައްޒަފުންގެ ހިފެހެއްޓުމުގެ ދަތިކަން: ޒަރީރު

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ) އަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މުއައްޒަފުންގެ ހިފެހެއްޓުމުގެ ދަތިކަންކަމަށް ކޮމިޝަނަރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ޓެކްސް ކޮމިޝަނަރު ވިދާޅުވީ، މީރާއަކީ ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނާ ހިލާފަށް ތަފާތުގޮތަކަށް ގިނައިރު މަސައްކަތްކުރަންޖެހޭ ބައެއް ކަމަށެވެ. ޒަރީރު ވިދާޅުވީ މުއައްޒަފުން ހިފެހެއްޓުމުގެ ދަތިކަން ނިހާޔަތަށް ހުރިއިރު ތަނުން ވަކިވާ މުއައްޒަފުންގެ ނިސްބަތް މިހާރޔު ހުރީ 21 އިންސައްތައިގަކަމަށެވެ. އެހާގިނައިރު އަދި މުއައްޒަފުންނަށް ފަޒީފާގެ ގޮތުން ހިފެހެއްޓުންތަކެއް ހުންނައިރު މުއައްޒަފުންގެ މުސާރަ ދަށްވުމުގެ މައްސަލަ ބޮޑުކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވީ ސިވިލްސާވަންޓުންގެ ތެރެއިން 30 ހާސް ރުފިޔާ ލިބޭ ފަންތީގެ މުއައްޒަފުންނަށް، މީރާގައި ނަމަ ލިބެނީ 18 ވަރަކަށް ހާސްރުފިޔާކަމަށާއި، މިއީ އެ އިދާރާގެ މުއައްޒަފުންވެސް ފާހަގަކުރަމުން އަންނަ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ މުއައްޒަފުން ލިބުން ދަތިވުމުގެ މައްސަލާގައި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ގޮފިތައް މިހާރު ބަންދުކުރުމާ ގާތަށް ގޮސްފައިވާކަމަށެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ތެރެއިން ޓެކްސް އަދި މާލީ ކުންފުނިތަކުން މީރާގެ މުއައްޒަފުންނަށް ބޮޑު ޑިމާންޑެއް އޮންނައިރު، މީރާގެ މުއައްޒަފެއްނަމަ، އިންޓަވިއުއެއް ކުރުމެއްނެތި ވަޒީފާއަށް ނަގާކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

މުއައްޒަފުން ތަނުން ވަކިވާ މައްސަލައަކީ އެ އިދާރާއިން ކުރަމުންދާ އޮޑިޓްތަކަށް އަދި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގައި އޮތް ވަރަށްބޮޑު ގޮންޖެހުމެއްކަމަށް ޓެކްސް ކޮމިޝަނަރު މިއަދު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު މީރާއަށް ކަނޑައަޅާފައިވާ ބަޖެޓާމެދު މާބޮޑު ޝަކުވާއެއް ނެތްކަމަށް މި ބައްދަލުވުމުގައި ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.