ހުޅުމާލެ... ފޮޓޯ؛ ވޮއިސް
ހަބަރު
17 Nov 2025 | 13:43
ބޯހިޔާވަހިކަން އެންމެންނަށް: އާމްދަނީ މަދުން ލިބޭ ނަމަ، ފްލެޓް ލިބުމުގެ ފުރުސަތުބޮޑު

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އާމްދަނީ މަދުންލިބޭ ފަރާތްތަކަށް ފްލެޓް ލިބުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލްތައް މިއަދު އާއްމުޮށްފައިވާއިރު، މިހާތަނަށް ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާދައިގެ އާއިލާތަކަށް މަތިން ޕޮއިންޓް ސްކޯކުރެވޭގޮތަށް ވަނީ އުސޫލްތައް ފަހިކޮށްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގައި އެކުލަވާލާފައިވާ އުސޫލެވެ. 

މި އުސޫލުގެ ގޭބިސީގެ ޖުމްލަ އާމްދަނީއަށް ބަލާއިރު އެޕްލިކަންޓާ އެފަރާތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ފަރާތަކަށް މަހަކަށް އެވްރެޖްކޮށް ޖެހޭ އާމްދަނީ 15،000 ރުފިޔާއަށްވުރެ ދަށް ނަމަ 25 ޕޮއިންޓް ލިބެއެވެ. ގޭބިސީގެ ޖމްލަ އާމްދަނީ 15،001 ރުފިޔާއިން ފެށިގެން 30،000 ރުފިޔާ އާ ދެމެދު ނަމަ ލިބެނީ 15 ޕޮއިންޓެވެ. އަދި އެ އަދަދަށްވުރެ އާމްދަނީ މަތިވެއްޖެނަމަ 10 ޕޮއިންޓެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ އުސޫލް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު ކުރިން ފްލެޓެއް ލިބިފައިވާނަމަ، މި ސަރުކާރުން ކުރިއަށް ގެންދާ އައު ސްކީމްތަކަށް ކުރިމައްޗެއް ނުލެވެއެވެ. އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާއަށް މީގެ ކުރީން ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އައު ސްކީމްތަކަށް ކުރިމަތިނުލެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނޫނީ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައިވާ މީހަކަށްވެސް ކުރިމަތިނުލެވޭނެ އެވެ.

ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.