ފުލުހުން އޮޕަރޭޝަނެއްގައި... ފޮޓޯ: އިންޓަރނެޓް
ހަބަރު
23 Nov 2025 | 18:26
ގޭންގުތައް ތިބިތޯބަލަން 576 ތަނެއް ބަލައި ފާސްކޮށްފި

މާލެ އަދި ހުޅުމާލެ ސަރަހައްދުތަކުގައި ގޭންގުތައް ހަދައިގެން އުޅޭ ވިޔާނުދާ މީހުން ހޯދުމަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން 576 ތަނެއް ބަލައި ފާސްކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަހައްދެއް ބަލައިފާސްކޮށް، ފުލުހުން ވަނީ 108 އިންޓަރެކްޝަން ހަދާފައެވެ. މި މުއްދަތުގެ ތެރޭގައި 30 އުޅަނދެއް ޗެކްކޮށް 6 އުޅަނދު ޓޯކޮށްފައި ވެއެވެ.

މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ މާލެ އަދި  ހުޅުމާލޭގެ އެކި ހިސާބުތަކުގައި ޖުމްލަ 912 މިނެޓް ޕެޓްރޯލްކޮށްފައެވެ. އެއީ 15.2 ގަޑިއިރެވެ. 

ގޭންގް ކުށްތަކާ ބެހޭ ޤާނޫނުގެ ދަށުން މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސެޕްޓެމްބަރުމަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނުގައި ތޫނު ހަތިޔާރާއެކު މީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. 

ބޮޑެތި އަދަބުތަކެއް ލިބޭގޮތަށް ތަސްދީގުކޮށްފައިވާ ނުރައްކާތެރި ކުށްތަކާބެހޭ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓްމަހުގެ 25 ވަނަ ދުވަހެވެ. އައު ޤާނޫނު އެކުލަވާލާފައިވަނީ، ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށެވެ.

މި ގާނޫނުގެ ދަށުން ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގިގެންދާއިރު، ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެންދެއެވެ. އެގޮތުން އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ 20 ހާސްރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.

ގޭންގު ޤާނޫނުގެ ދަށުން ގޭންގެއް އުފެއްދުމާއި ހިންގުމާއި އަދި ގްރޫޕަށް މީހުން ހޯދުންފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެެ. މި ޤާނޫނުގެ ދަށުން ގޭންގަކުން ކުޑަކުއްޖަކު ކުށުގައި ބައިވެރިކޮށްފިނަމަ އެފަރާތެއް އުމުރަށް ޖަލަށްލައި، 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ. އުމުރުން 18 އަހަރުން މަތީ މީހެއް ގޭންގަށް ވައްދައިފިކަން ސާބިތުވެއްޖެނަމަ، އެމީހަކަށް 20 އަހަރުގެ ޖަލުހުކުމަކާއެކު 7 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ޖޫރިމަނާ ކުރެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި