ހޮނިހިރު ދުވަހު ދެވުނު ހަމަލާއަށްފަހު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
24 Nov 2025 | 09:07
އިސްރާއިލުން ބުނަނީ ޤަތުލުޢާއްމު މެދުކަނޑާލި ކަމަށް، ފެންނަނީ އެހެން މަންޒަރެއް

އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދިޔަ ޤަތުލްޢާއްމު މެދުކަނޑާލި ކަމަށް އެމީހުން ބުނި ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހުވެސް ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީ 24 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. 

އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، މިއީ އޮކްޓޯބަރު 10 ގައި އަމަލުކުރަން ފެށުނު ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އެމީހުން ދިން ފުރަތަމަ ހަމަލާ ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.

އަދި ޣައްޒާގެ ސިއްޙީ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ދެވުނު ހަމަލާތަކުގައި މަދުވެގެން 24 މީހުން ޝަހީދުވެފައިވާއިރު، 54 މީހުންނަށް ވަނީ އަނިޔާވެފައެވެ. ޝަހީދުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން ދިން މި ހަމަލާތަކުގެ ބަހަނާއެއް ކަމަށް އެމީހުން ދެއްކީ އެމީހުންގެ ސިފައިންނާ ދިމާކޮށް ހަމާސް އިން ބަޑިޖެހުމެވެ.

ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެއް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ރިމާލް ސަރަހައްދުގެ އުޅަނދަކަށެވެ. މި ހަމަލާގައި 11 ފަލަސްތީނު މީހުން ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ޝަހީދުވި މީހުންނާއި އަނިޔާވި މީހުން އަލް-ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ އަނިޔާވި މީހުންގެ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-ޢައުދާ ހޮސްޕިޓަލާ ކައިރީގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެގެން ތިން މީހުން ޝަހީދުވެ 11 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި ނުސައިރާތު ހިޖުރީ ކޭމްޕްގައި ހުރި ގެއަކަށް ދިން އެހެން ހަމަލާއެއްގައި ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް މަދުވެގެން ހަތް މީހުން ޝަހީދުވެ، 16 މީހުންނަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރު އަލް-ބަލަހުގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އަންހެނަކު ވެސް ހިމެނޭ ގޮތަށް ތިން މީހުން ޝަހީދުވެފައިވާ ކަމަށް އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުން ބުނެއެވެ.

މިވީ 44 ދުވަސް ތެރޭގައި، ޣައްޒާ ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ވަނީ މަދުވެގެން 497 ފަހަރު ޚިލާފުވެފައި ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

މި ހަމަލާތަކުގައި 342 އާންމު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ލާޒިމުކޮށްފައިވާ ގޮތަށް، ޣައްޒާގެ ސުންނާފަތިކޮށްލާފައިވާ ސަރަހައްދުތަކަށް ބޮޑަށް ބޭނުންވެފައިވާ އެހީގެ ސާމާނާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފުރިހަމައަށް އަދި މިނިވަންކަމާއެކު ވެއްދުމަށް އިސްރާއީލުން ދަނީ ބޮޑެތި ހުރަސްތައް އަޅަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.