ސީޖީއެސް ހުރަވީ ލަންކާއަށް ފުރުމުގެ ތެރެއިން-- ފޮޓޯ/އެމްއެންޑީއެފް
ހަބަރު
26 Nov 2025 | 18:54
ރާއްޖޭގެ ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފި

ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދު ޝިޕް ހުރަވީ އަވައްޓެރި ސްރީލަންކާއަށް ފުރައިފިއެވެ.

ހުރަވީގެ މި ދަތުރާ ގުޅޭގޮތުން ޤައުމީ ދިފާއީ ބާރުން ބުނެފައިވަނީ ޝިޕް ހުރަވީ ލަންކާއަށް ފުރާފައިވަނީ އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ބައިވެރިވުމަށެވެ.

ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 29ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯއާއި ޓްރިންކޮމަލީގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާ އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެއެވެ.

ޗިޕްހުރަވީ ލަންކާއަށް ފުރުމުގެ ތެރެއިން..

އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތްތައް، ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ހަރަކާތްތައް ކުރިއަށްދާނޭކަމަށް އެމްއެންޑީއެފުން ބުންނެވެ.

މި ފްލީޓް ރިވިއުގައި ކޮލޮމްބޯއިން ޓްރިންކޮމޮލީއަށް ޝިޕްތަކުން ފަށާ ދަތުރު، ރިވިއުކޮށްދެއްވާނީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މިއީ ސްރީލަންކާއިން ބާއްވާ ތިންވަނަ އިންޓަރނޭޝަނަލް ފްލީޓް ރިވިއުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން މި ފްލީޓް ރިވިއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުންކަމަށް ދިވެހި ޤައުމީޯ ދިފާއީ ބާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.