އެކްސިޑެންޓާމެދު ހޭލުންތެތި ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރާކާތެއްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
27 Nov 2025 | 12:29
ނުރައްކާތެރިކޮށް ދުއްވާނަމަ 20 އަހަރުގެ ޖަލަށްލައި ލައްކައަކުން ޖޫރިމަނާ ކުރެވޭގޮތް ހަދަނީ

ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލައި ލައްކައަކުން ޖޫރިމަނާ ކުރެވޭގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރު ކުރުމާބެހޭ ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.

މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެމަތިން އެއްގަމު ދަތުރުފަތުރާގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެމަތިން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައެވެ. 

އެގޮތުން، އެކަންކަން ޙާޞިލުކުރުމަށްޓަކައި، އަންނަނިވި ކަންކަން ބިލުގައި ހިމަނާފައިވެއެވެ.

• އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތައް؛

• އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމުގެ ޝަރުޠުތަކާއި، މިންގަނޑުތައް؛

• އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި މިންގަނޑުތައް؛

• އެއްގަމު އުޅަނދު ދުއްވުން ފިޔަވައި، އުޅަނދު މަޑުކުރުމާއި ޕާކުކުރުމާއި އެނޫންވެސް، އުޅަނދު ބޭނުންކުރުމުގެ ހަމަތައް؛

• ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ޝަރުޠުތަކާއި މިންގަނޑުތައް؛

• ޤާނޫނާއި ގަވާއިދު ހަރުދަނާ ގޮތެއްގައި ތަންފީޛުކުރުމަށްޓަކައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވާ ތަންފީޛީ ބާރުތައް؛

• ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި ފިޔަވަޅު އެޅުމުގެ އުސޫލުތައް.

މި ބިލުގައިވާގޮތުން، ނުރައްކާތެރިކޮށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އަދި، ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އެ ނޫން އަނިޔާއެއް ލިބިއްޖެ ނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

މީގެ އިތުރުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. 

އަދި އެމީހެއްގެ އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް ފަރާތަކާ ހަވާލުކޮށްގެން އެކްސިޑެންޓެއް ވި ނަމަވެސް މަތީގައި ބަޔާންކުރެވުނު ގޮތަށް އުޅަނދުގެ ވެރިފަރާތަށް ވަނީ އަދަބު ކަނޑައަޅާފައެވެ. 

ހަމައެހެންމެ، ކުށުގެ ކުޑަބޮޑު މިނަށް ބަލައި ދުއްވި މީހާގެ ލައިސެންސް ބާތިލުކޮށް، ލައިސެންސް ނެތް މީހެއް ނަމަ ލައިސެންސް ހޯދުމުގެ ހައްގުން ވެސް މަހުރޫމްކުރަންޖެހޭނެ ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން، ގަވައިދާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރަންދެން، އެ ޖޫރިމަނާއާ ގުޅޭ އުޅަނދު ފުލުހުން ބޫޓް ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.