ލަންކާގައި ފެންބޮޑުވެފައި-
ހަބަރު
28 Nov 2025 | 14:14
ލަންކާގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ، ކިޔަވާ އަދި ދަތުރުކުރާ ހުރިހާ ދިވެހިން ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައިބުނީ، "ދިތްވާ" ނަމަކަށް ކިޔާ ތޫފާނެއް ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކަމަށް ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ތޫފާނުގެ ސަބަބުން ގަދަ ވަޔާއެކު ވާރޭވެހި، ކަނޑުގެ ލޮނުގަނޑު އުފުލި އެރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިރޭ 8:30 ވުމާ ހަމައަށް މުޅި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވާނެ ކަމުގެ އިންޒާރެއް ވަނީ ނެރެފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ގަދަ ވަޔާއި ވިއްސާރައާ ގުޅިގެން ސްރީލަންކާ ސަރުކާރުން ވަނީ މިއަދަކީ މުހިންމު ހިދުމަތްތައް ދޭ ތަންތަން ފިޔަވައި، ހުރިހާ ސަރުކާރު އިދާރާތަކަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކޮށްފައެވެ.

އެހެންކަމުން ސްރީލަންކާގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ދިވެހި ހައިކޮމިޝަނުން ވަނީ ތިރީގައިވާ ކަންތައްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. 

1) ފެންބޮޑުވާ އަދި ތޫފާނުގެ ސަބަބުން ގަސްގަހާގެއްސާއި ތަކެތި ވެއްޓުމުގެ ނުރައްކާ އޮތް ސަރަހައްދުތަކަށް ދަތުރުކުރުން ހުއްޓާލުން.

2) ބޯކޮށް ވާރޭވެހި ގަދަވައިޖެހޭ ވަގުތުތަކުގައި ގޭތެރޭގައި ތިބުން.

3) ލަންކާގެ މޫސުމާބެހޭ އިދާރާ (Department of Meteorology) އާއި ގުދުރަތީ ކާރިސާތަކާބެހޭ މަރުކަޒު (Disaster Management Centre - DMC) އިން ދޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުން.

4) ފެން، ބޭސް، މުހިންމު ލިޔެކިޔުންތައް، އަދި ޗާޖުކޮށްފައި ހުރި މޯބައިލް ފޯނުފަދަ އަސާސީ ތަކެތި އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުން.

5) ޕާސްޕޯޓާއި ދިވެއްސެއްކަން އަންގައިދޭ ލިޔެކިޔުންތައް ސަލާމަތުން ބެހެއްޓިފައި ހުރިކަން ކަށަވަރުކުރުން.

6) ފެންގަނޑު ބޮޑުވަމުންދާތީ ކޯރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށުގެ ސަރަހައްދުތަކާމެދު އިތުރަށް ސަމާލުވުން.

7) ތިރިތަންތަނުގައި ނުވަތަ ނުރައްކަލުގެ ހާލަތުގައިވާ ސަރަހައްދުތަކުގައި ދިރިއުޅެންޏާ ރައްކާތެރި ތަންތަނަށް ދިއުން.

8) އަވަސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު: 94777228800+ އަދި އީމެއިލް އެޑްރެސް: [email protected] އަށް ގުޅުން

ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގެއްލުންވެސް ވަމުން ދެއެވެ. އަދި މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި 40 އަށްވުރެ ގިނަ މީހުން މަރުވެސް ވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.