ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
29 Nov 2025 | 08:34
އިއްޔެ ދިވެއްސަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ނުލިބޭ: ލަންކާ ހައިކޮމިޝަން

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އިއްޔެ ދިވެއްސަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް އެޤައުމުގައި ހުންނަ ދުިވެހި ހައިކޮމިޝަނުން ބުނެފިއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ނޫރަލިއާއަށް ދިޔަ ދިވެހި އާއިލާއެއް ގެއްލުނުކަމުގެ ހަބަރުތަކެއް މީޑިއާގައި ދައުރުވަމުްނދިޔައިރު، ފަހުން ވަނީ އެމީހުން ފެނުނުކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ހިއްސާކުރަމުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ރޭ ބުނެފައިވަނީ ވިއްސާރާގައި ފެންބޮޑުވެ ދިވެއްސަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އެމްބަސީން ވަނީ ބުނެފައެވެ. އެގޮތުން އެހީތެރިކަން ބޭނުންނަމަ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެމްބަސީން ވަނީ 768816666 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެމްބަސީން ވަނީ ތޫފާން ޑިޓްވާހ ގެ ނުރައްކަލުން ރާއްކާތެރިވުމަށް މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނުކުރުމަށް ލަންކާގައި ތިބި ދިވެހިންނަށް އިލްތިމާސްކޮށްފައެވެ. އަދި ފެނާއި ކާބޯތަކެތީގެ އިތުރުން ބޭސްފަދަ ތަކެތި އަތުޖެހޭ ހިސާބުތަކުގައި ބަހައްޓައި، މޯބައިލްފޯން ޗާޖްކޮށް، ލިޔެކިޔުންތަކަށް ރައްކާތެރިވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާއި އެރި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ކޯރުތައް ބަންޑުންވެ، ގިނަ ސަރައްދުތަކެއްގެ ބިންގަނޑު ވަނީ ކަނޑައިގެންގޮސްފައެވެ. މިއީ މި ފަހުގެ ތާރީހެއްގައި އެޤައުމަށް ކުރިމަތިވި ގުދުރަތީ އެންމެ ގެއްލުންބޮޑު ކާރިސާއަށް ވާނޭކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.