ސިލޯނާއެކު ދިވެހީން ކެންޕެއިން: ފޮޓޯ/ ޕީއެސްއެމް
ހަބަރު
30 Nov 2025 | 10:03
ލަންކާއަށް އެހީވުމަށް ބާއްވާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފަށައިފި

ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ އާއި އަމިއްލަ 37 މީޑިއާ ގުޅިގެން ކުރޮއަށް ގެންދާ ޓެލެތޯން މިއަދު 9:00 މިރޭ 1:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

މީޑިއާގެ އިތުރުން މި ތެލެތޯނުގައި ޖަމއިްޔާ ޖަމާއަތްތަކާއި ކްލަބް އަދި އޮފީސްތަކަށްވެސް ބައިވެރިވެވޭނޭކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

މި ޓެލެތޯނަށް ފަންޑު އެއްކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން، ފައިސާ ޖަމާކުރުމަށް އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މިގޮތުން، ޓީވީ ސްކްރީނަށް އަރާ ކިއުއާރްކޯޑު ސްކޭންކޮށްގެން، ނަގުދު ފައިސާ، ޓްރާންސްފަރ، އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

'ސިލޯންއާއެކު ދިވެހިން ޓެލެތޯން' އަށް އެހީވެވޭނީ:-

ރުފިޔާ އެކައުންޓު ނަމްބަރު :7730000796107

ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން

ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106

ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން

ޓެލެތޯނުން ލިބޭ ފައިސާ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ވެސް ހަދާފައިވާއިރު މި މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، މިނިވަން އޮޑިޓް ފަރމެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.