ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން-- ފޮޓޯ/އޭޕީ ނިއުސް
ދުނިޔެ
01 Dec 2025 | 12:46
ލަންކާގެ ދަނޑުބިންތަކަށް ލިބުނު ގެއްލުމުން އަރައިގަންނަން 100 މިލިޔަން ޑޮލަރު ބޭނުންވާނެ

ސްރީ ލަންކާގެ ދަނޑުވެރިކަމުގެ ސިނާއަތަށް ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަދުވެގެން 100 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ތޫފާނުގެ ސަބަބުން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި ވައިގަދަވުމާއި ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ގައުމުގެ ހާރިޖީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގޮތުން، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ހަނޑުލާއި ތަރުކާރީގެ ބާވަތްތައް ހައްދާ ދަނޑުތަކަށް ކަމަށާއި، އެ ދަނޑުތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް 48 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަން އެ ވުޒާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ދަނޑުތަކަށް ފެން ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި، ދަނޑުތަކަށް ފެން ފޯރުކޮށްދިނުމަށް ބިނާ ކޮށްފައިވާ ކެނޭލްތައް ނުވަތަ ކޯރުތަކަށް ވެސް ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން އެ ގެއްލުންތަކުން އަރައިގަތުމަށް 3 މިލިޔަނެއްހާ އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި، ކެނޭލްތައް މަރާމާތު ކުރުމަށް އިތުރު 6 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ވެސް ބޭނުންވާނެ ކަމަށް މިނިސްޓްރިއިން ވަނީ ވިދާޅުވެފައެވެ. 

ލަންކާއަށް ކުރިމަތިވި މި ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 334 އަށް އުފުލިފައެވެ. އަދިވެސް އިތުރު 218 ވަރަކަށް މީހުން ގެއްލިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެގައުމުގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 998,918 އަށް އުފުލިފައިވާއިރު އޭގެ ތެރެއިން 51,000 ޢާއިލާއަކަށް ނިސްބަތްވާ 180,000 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ. މި ކާރިސާގައި 15,000 އަށްވުރެ ގިނަ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބި 200 އެށްހާ މަގާއި 10 ވަރަކަށް ބުރިޖު ހަލާކުވެފައިވާއިރު، ރޭލު ދަތުރުފަތުރުގެ ވިއުގައާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ވިއުގައަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމުގެ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި މި ކާރިސާއާއި ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވެސް މިހާރު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.