ސިލޯނާއެކު ދިވެހީން ކެންޕެއިން ނިންމާލުން: ފޮޓޯ/ ޕީއެސްއެމް
ހަބަރު
02 Dec 2025 | 11:23
”ސިލޯނާއެކު ދިވެހީން“ ޓެލެތޯންއަށް 12 މިލިއަނަށްވުރެ ގިނަ ފައިސާ؛ ހާމަކޮށްދިނީ ދިވެހިންގެ ދީލަތިކަން

ސްރީލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއެސްއެމްއިން އިސްނަގައި މީޑިއާތަކާ ގުޅިގެން ފެށި ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

އެގޮތުން، ޕީއެސްއެމްއާއި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން އިއްޔެ 2:00 އަށް ކުރިއަށް ގެންދެވުނު މި ޓެލެތޯން އަށް 11،553،291.10 ދިވެހި ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑޮލަރުން 51،088.31 ލިބިފައިވާއިރު 20 ޔޫރޯވެސް ލިބިފައިވެއެވެ. 

ތެލެތޯން އިންތިޒާމްކުރި ސްޓިއަރިން ކޮމިޓީން ބުނެފައިވަނީ، ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

ތެލެތޯން ކުރިއަށްދިޔައިރު މާލެ ސަރަހައްދުގެ އެކި ދިމާލުގައި ފަންޑްފޮށިތައް ބެހެއްޓުނުއިރު، އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދީފައެވެ. ތެލެތޯނަށް ކުރިއަށްގެންގޮސްފައިވަނީ މިނިވަން އޮޑިޓްފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.

ސިލޯނާއެކު ދިވެހިން ތެލެތޯނަށް އެންމެގިނައިން ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ މުއައްސަސާއިންނެވެ. ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކުރިއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމާއަތްތަކުންވެސް މިލިއަނުން ފައިސާ ހަދިޔާކޮށްފައެވެ. 

ސްރީލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތެލެތޯނަށް ސްރީލަންކާ ސަރުކާރުގެ ފަރާތުން ވަނީ ތައުރީފްކޮށް ދިވެހިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ،ލަންކާއަށް އެހީވުމަށް އެންމެ އަވަހަށް އިސްނަގައި އަމަލީގޮތުން މަސައްކަތް ފެށި ބަޔަކީ ދިވެހިންކަން ފާހަގަކޮށް އެގައުމުގެ ރައްޔިތުން އަންނަނީ ދިވެހިންގެ ދީލަތިކަމާ، ދިވެހިންގެ ފަރާތުން ލިބުނު އެހީއަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.