އިންޑިޔާގެ ނައިޓް ކްލަބުގައި ރޯވެފައި
ދުނިޔެ
08 Dec 2025 | 08:04
ގޯވާގައި ހުންނަ ނައިޓް ކްލަބެއްގައި ރޯވެ 25 މީހުން މަރުވެއްޖެ

އިންޑިޔާގެ ގޯވާގައި، ނާޗަރަންގީ ކުޅެން ހަދާފައި ހުންނަ ނައިޓް ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މަދުވެގެން 25 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ނައިޓް ކްލަބުގެ ބަދިގޭގައި ހުރި ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޯތު ގޯވާގެ އަރްޕޯރާގައި ހުންނަ، ގޯވާގެ އެންމެ މަޝްހޫރު ބީޗް ޑެސްޓިނޭޝަންތަކުގެ ތެރޭގައި ހިމެނޭ ބާގާގައި ހުންނަ 'ބާޗް ބައި ރޯމިއޯ ލޭން' ކްލަބުގައެވެ. އަލިފާން ރޯވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެހާކަށް ހާއިރު ކަމަށްވާއިރު، ވަރަށް ހަލުވިކަމާއެކު މުޅި ތަނަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.

ގޯވާގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް، ޝްރީ އަލޯކް ކުމާރު ބުނީ، އަލިފާންގަނޑު މައިގަނޑު ގޮތެއްގައި ފެތުރިގެން ދިޔައީ ގްރައުންޑް ފްލޯގައި ހުރި ބަދިގެ ސަރަހައްދުގައި ކަމަށެވެ. އަދި އަލިފާން ރޯވީ މެންދަމު އެހާކަށް ހާއިރު ކަމަށާ ބަދިގެއާއި ބަދިގެ ކައިރިން މަރުވެފައި ތިބި މީހުން ހަށިގަނޑުތައް ފެނިފައިވާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން، މަރުވި ގިނަ މީހުންނަކީ ކްލަބުގެ މުވައްޒަފުން ކަމަށް ބެލެވޭ ކަމަށް ކުމާރު ބުންޏެވެ.

ގޯވާގެ ޗީފް މިނިސްޓަރ ޕްރަމޯދު ސާވަންތު ބުނީ، މަރުވި މީހުންގެ ތެރެއިން ތިން މީހުން މަރުވީ ފިހިގެން ކަމަށާއި، އަނެއް ބަޔަކު މަރުވީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި "ތިން ނުވަތަ ހަތަރު" ފަތުރުވެރިން ހިމެނޭ ކަމަށް ވިދާޅުވި ނަމަވެސް، އެމީހުންގެ އުމުރާއި ގައުމިއްޔަތު އަދި ނޭނގޭ ކަމަށް ސާވަންތު ބުނެފައިވެއެވެ.

ޗީފް މިނިސްޓަރ ސާވަންތު އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ރަސްމީ ތަހުގީގެއް ފަށާފައިވާ ކަމަށާއި، މިކަމަށް ތުހުމަތުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.