މޯދީ އާއި ނަތަންޔާހޫ
ދުނިޔެ
11 Dec 2025 | 07:59
ނަތަންޔާހޫގެ ކޯލެއް މޯދީއަށް؛ ދެއްކީ ޓެރަރިޒަމްގެ ވާހަކަ

ފަލަސްތީނުގެ ބިން ފޭރިގެން ދިރިއުޅެމުންދާ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ގުޅައި ގިނަ މަޝްވަރާތަކެއް ކޮށްފިއެވެ.

ނަތަންޔާހޫގެ ކޯލްއާ ގުޅިގެން އިންޑިޔާ ސަރުކާރުން ނެރުނު ބަޔާނުގަައި ބުނީ، އެ ގުޅައިގެން ނަތަންޔާހޫ ދައްކާފައިވަނީ އިސްރާއިލާ އިންޑިޔާއާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ލިބެމުންދާ ކުރިއެރުންތަކާއި އެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމުގެ ވާހަކަ ކަމަށެވެ.

މީގެ އިތުރުން، ހުރިހާ ބާވަތެއް ޓެރަރިޒަމްގެ ޢަމަލުތަކެއް ކުށްވެރިކުރި ކަމަށާ، ޓެރަރިޒަމަށް އެއްވެސް މިންވަރަކަށް ޖާގަ ނުދޭނެކަމަށް މޯދީއާއި ނަތަންޔާހޫވެސް ބުނި ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ހަމައެހެންމެ ހުޅަނގު އޭޝިއާ ސަރަހައްދުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، އެ ސަރަހައްދަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދޭނެ ކަމަށާ، ޚާއްސަކޮށް ޣައްޒާގެ ކަންކަމުގައި އެއްބާރުލުންދޭނެ ކަމަށް މޯދީ ބުނި ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ފޯންކޯލާ ގުޅޭގޮތުން މޯދީ، އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައިވެސް ވަނީ، އޭނާގެ އެކުވެރި ނަތަންޔާހޫގެ ފޯން ކޯލްގައި ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ޓެރަރިޒަމް ތަހައްމަލު ނުކުރުމަށް ދެމީހުން އެއްބަސްވިކަމަށް ބުނެފައެވެ. 

މޯދީއާ ނަތަންޔާހޫ ޓެރަރިޒަމް އަށް ޖާގަނުދޭނެ ކަމަށް ބުނެ ވާހަކަދައްކާއިރު، އިންޑިޔާގެ މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް، މިސްކިތްތައް ހަލާކޮށް، މުސްލިމުންނަށް އަނިޔާވެރިވެ ޓެރަރިޒަމްގެ އެންމެ ގިނަ ޢަމަލުތައް ކުރި އެއް ބޮޑުވަޒީރަކީ މޯދީކަން ފާހަގަކޮށްލަންޖެހެއެވެ. 

އަދި ނަތަންޔާހޫ އަކީ މި ފަހުގެ ތާރީޚްގައިވެސް، ހިންގަމުންދާ އެންމެ ބޮޑު ޤަތުލްޢާއްމުގެ މޭސްތިރިއެވެ. އެގޮތުން އޭނާ އަންގައިގެން ފަލަސްތީނުގެ ނަސްލުވެސް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވެދިޔަ ދެ އަހަރުތެރޭ 70،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާގެ ދިރިތިބީންނާ މެދުވެސް ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލުތަކަކީ ކިޔައި ކޮޅުންލާނެ ޢަމަލުތަކެއް ނޫނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.