މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރެވުނު ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ
ހަބަރު
11 Dec 2025 | 13:45
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިނުކުރެވި ހުރި ސަބަބު ހާމަކޮށްފި

މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު، މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރެވުނު ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ އަދިވެސް ވަޒީފާއިން ވަކި ނުކުރެވި ހުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ. ޝިޔާޒާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި މިމަހު 18 ވަނަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ހަމަ އެދުވަހު އޭނާ ސަސްޕެންޑް ކުރެވުނު ކަމަށެވެ.

އަދި ޑިސިޕްލިނަރީ ބޯޑުން ޝިޔާޒާގެ މައްސަލަ ބެލުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމަށް 3 ސެޕްޓެމްބަރު ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ގަވާއިދުގެ ދަށުން އައިޝަތު ޝިޔާޒާއަށް ދީފައިވާ 3 މަސް ދުވަހުގެ ސަސްޕެންޝަންގެ މުއްދަތު 17 އޮކްޓޯބަރުގައި ހަމަވެފައިވާއިރު، މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ސަސްޕެންޑްކޮށްފައިވާ މުއްދަތު 3 މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތައް އިތުރުނުކުރެވޭކަންވެސް ފުލުހުން ފާހަގަކޮށްފައިވއެވެ.

އަދި ކޮންސްޓަބަލް އައިޝަތު ޝިޔާޒާ ވަނީ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި. އަދި މައްސަލަ އިސްތިއުނާފު ކޮމިޓީން މިހާރު ދަނީ ބަލަމުން. އިސްތިއުނާފް ކޮމިޓީއަކީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިލަރެސްކުރާ މިނިވަން ކޮމިޓީއެއް. މިމައްސަލަ ބަލައި ގޮތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް އެކޮމިޓީން ދަނީ ކުރަމުން. އަދި މައްސަލާގައި ގޮތެއް ނިންމޭނީ އިސްތިއުނާފު ކޮމިޓީން މައްސަލަ ބެލުމަށް ނިންމާ ގޮތެއްގެ މަތިން.

ފުލުހުން ބުނެފައިވެއެވެ. 

ޖުލައި މަހުގެ 18ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ޝިޔާޒާގެ އިތުރުން ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުالله އަޙްމަދު (26އ) ހައްޔަރުކޮށްފައިވެއެވެ. 

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސްގުޅައެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް
އާދަމް
އިސްތިއުނާފު ކޮމެޓީއަކީ ކޮންގައުމެއްގަ އޮންނަ ކޮމެޓީއެއް ކޮމެޓީ ތައްވެސް މަސައްކަތް ކުރަނީ ހިތަށް އެރި އިރަކުން ހިތަށް އެގޮތަކަށް މިއީ މަޖާ ގައުމެއް
11 Dec 2025
ަައަލީ ފ.
މި އޮތީ ވާނުވާ ނެތިގެން ގޮސްފަ
14 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.