ޕޯސްޓަރ: އުރީދޫ
ވިޔަފާރި
16 Dec 2025 | 09:49
އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ރޯމިންގ އެޑްއޮން ތަކެއް ތައާރަފުކޮށްފި

އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ރޯމިންގ އެޑްއޮން ތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ، މިއާއެކު ކަސްޓަމަރުންނަށް ޑޭ ޕާސް، ދެ ހަފްތާގެ ޕެކް އަދި ހަތަރު ހަފްތާގެ ޕެކް ހިމެނޭ ގޮތަށް ތަފާތު ރޯމިން ޑޭޓާ ޕްލޭންތައް ލިބިގެންދާނެ ކަމަށެވެ.

އަދި މި އެޑްއޮން ތަކާއެކު ދިވެހިން ރާއްޖެއަށް ބޭރަށް ކުރާ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، ދެފުށް ފެންނަ އަގުތަކާއި ރިއަލް ޓައިމް ޔޫސޭޖް ޓްރެކިންއާއެކު ރޯމިން ބޭނުންކުރުމުގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެ ކަމަށެވެ.

އާ ރޯމިން ޑޭޓާ އެޑް-އޮންތަކާ އެކު، ކަސްޓަމަރުންނަށް ދަތުރުގެ މުއްދަތާއި ޑޭޓާ ބޭނުންތަކަށް އެންމެ އެކަށޭނަ ޕްލޭނެއް ޚިޔާރުކުރެވޭނެ ކަމަށާ، މި ޕެކްތަކުގެ ސަބަބުން ވާދަވެރި އަގުތަކުގައި ޑޭޓާ އެލަވަންސްތައް ލިބި، ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު އިތުރަށް ފަސޭހަވެގެން ދާނެ ކަމަށްވެސް ބުންޏެވެ. 

ޕޯސްޓްޕެއިޑް ރޯމިން އެޑް-އޮންތައް (+35 ގައުމު):

• 4 ޖީބީ 4 ހަފްތާއަށް: 375 ރުފިޔާ

• 2 ޖީބީ 4 ހަފްތާއަށް: 400 ރުފިޔާ 

• 2 ޖީބީ 2 ހަފްތާއަށް: 200 ރުފިޔާ 

• 5 ޖީބީ 4 ހަފްތާއަށް: 750 ރުފިޔާ 

• 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ

ޕްރީޕެއިޑް ރޯމިން އެޑް-އޮން (+13 ގައުމު):

- 2 ޖީބީ 2 ހަފްތާ: 250 ރުފިޔާ

- 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ

މި އެޑް-އޮންތަކަކީ ރާއްޖޭން ބޭރުގައި އާ ތަންތަން ބަލާލުމާއި، މަސައްކަތް ކުރުމާއި، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތުތައް ހިއްސާ ކުރުމާއި، ނެވިގޭޝަން އަދި ޒަރޫރީ ޓްރެވަލް އެޕްތައް ބޭނުންކުރުމުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ދަތުރުވެރިންނަށް ވަރަށް ކަމުދާނެ އެޑް-އޮންތަކެކެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ރޯމިން ޑޭޓާ ޕެކޭޖެއް ވަގުތުން އެކްޓިވޭޓް ކުރެވޭނެ އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.