ދާޚިލީ ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ޕޮލިސް
ހަބަރު
16 Dec 2025 | 11:29
އިހްސާންގެ ނަޞޭހަތެއް ފުލުހުންނަށް: މީހުން ފައިސާ ބަހާނެ؛ ނަމަވެސް ކޮރަޕްޝަންގެ ބަލިމަޑުކަމުގައި ނުޖެހޭތި

ފުލުހެއްގެ ވަޒީފާ އަދާކުރަމުންދާއިރު ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށާ، އެހެން ނަމަވެސް، ފުލުހުން މަސައްކަތް ކުރަންވާނީ އެކަންކަމަށް ބެލުމެއް ނެތި، އެމީހުންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރުމަށް ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންގެ ދަސްވެނިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ފުލުހުންގެ ތަމްރީނު ހަދައިގެން ނުކުންނަށް ފުލުހުންނަށް ޚާއްސަ މިޝަން ސެޓްތަކެއް ހަވާލުވެފައިވާ ކަމަށެވެ. 

އެ މަސައްކަތް ތަކަކީ ދިވެހިރާއްޖެއިން ޑްރަގުގެ ވަބާ އެއްކޮށް ނައްތާލުން. ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން އަންނަ ގްރޫޕްތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެނައުމާ، އެމީހުންގެ ފަރާތުން މުޖުތަމަޢު ސަލާމަތް ކުރުމާ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާ، ކުށުގެ މާހަލުގައި އުޅެމުންދާ ކުދިން، ކުށުގެ މާހައުލުން ނެރެ، ކުދިންނަށް ބޭނުންވާ ތަމްރީނާ އިންޓެވެންޝަން ޕްރޮގްރާމްތައް ހިންގައި ކުށުގެ މާހައުލުތައް އެއްކޮށް ނައްތާލުން. 

ވަޒީރު ޢަލީ އިހްސާން

އިހްސާން ވަނީ އެ މިޝަންތައް ހާސިލް ކުރުމަށް ހުރިހާ ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރުމަށް ނަޞޭހަތްތެރިވެފައެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ، ދިވެހިރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ ދިވެހި މުޖުތަމަޢު %100 ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް ހެދުމަށް ކަމަށެވެ.

ދިވެހިރައްޔިތުން އެދެނީ 100 ޕަސެންޓް ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން. ރައްޔިތުން އެދެނީ ރާއްޖޭގެ ކޮންމެ މަގަކީ، ކޮންމެ ގޯޅިގަނޑަކީ، ކޮންމެ ރަށަކީ، ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވެފައި އޮތް، އެމީހުންނަށް ހިނގާ ބިނގާވެ އުޅެވޭ، ސަލާމަތާ ރައްކާތެރިކަން އިހްސާސްކުރެވޭ، މާހައުލެއް އޮތްތަނަކަށް ރާއްޖެވުން. 

ވަޒީރު ޢަލީ އިހްސާން

ވަޒީރު ވިދާޅުވީ، ކޮންމެ ފުލުހަކުވެސް މަސައްކަތް ކިރަންވީ ރައްޔިތުން ފުލުހުންގެ ކިބައިން އެ އެދޭ، ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ. އަދި އެކަން ކުރަމުންދާއިރު ނުރައްކާތެރި މާޙައުލުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާންޖެހޭނެކަމަށެވެ. ނަމަވެސް މިއިން ކޮންމެ މަސައްކަތަކީ، ރައްޔިތު މީހާއަށް ރައްކާތެރި މާޙައުލެއްކަމުގެ އިޙުސާސުކޮށްދިނުމަށް އަދާކުރާ ޤައުމީ ވާޖިބެއްކަން އިހްސާން ހަނދާންކޮށްދިނެވެ.

"މި މާހައުލުގައި ކޮރަޕްޝަން އެބަ އޮތް. މީހުން ފައިސާ ބަހާނެ. ފައިސާ ދިއްކުރާނެ. މީހުން މަގާމުގެ ކުރިއެރުމަށް ޕްރޮމިސް ކުރާނެ. އުފާވެރި ދިރިއުޅުމާ ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ތިއްބެވި ސާބިތުކަން ދުއްވާލައިގެން ނުވާނެ…މިފަދަ ބަލިމަޑުކަމެއްގައި ނުޖެހުމަށް ނަސޭހަތްތެރިވަން." ވަޒީރު ވިދާޅުވިއެވެ. 

އިހްސާން ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި ކޮރަޕްޝަންއަށް އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށާ، ފުލުހުންވެސް މަސައްކަތް ކުރަންވާނީ އޭގައި ނުޖެހުމަށް ކަމަށާ، އެގޮތުގައި މަސައްކަތް ކުރުމުން ރައްޔޮތުން އެދޭފަދަ ރާއްޖެއެއް އުފެދިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.