41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި: ފޮޓޯ/ ޕޮލިސް
ހަބަރު
16 Dec 2025 | 12:20
ފުލުހުންގެ ޔުނީފޯމުގެ ޤަދަރު ކުޑަވާފަދަ އެއްވެސް ކަމެއް ނުކުރާތި: ސީޕީ

ފުލުހުންގެ ޔުނީފޯމުގެ ގަދަރުކުޑަވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިލްތިމާސްކުރައްވައިފިއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސީޕީ ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ، ފުލުހުން އަދާކުރާ ޑިޔުޓީއާއި، ފުލުހުންގެ ހުވާއާއި، ޢަޒުމް އަދި ހަވާލުކުރެވިފައިވާ ޒިންމާ ހަނދާންކޮށްދޭނެ އެއްޗެއް ކަމަށެވެ. އަދި އެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމުގެ އިތުރުން ޢަދުލުވެރިކަމުގެ ރަމްޒެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް. އެހެންކަމުން މި ޔުނީފޯމަށް ޤަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑު ނަޞޭހަތްތެރިވަން

ކޮމިޝަނާ އޮފް ޕޮލިސް ނަވީން

މިއާއެކު ސީޕީ ވިދާޅުވީ، ފުލުހުންގެ ވަޒީފާއަކީ އަދާކުރަން ފަސޭހަ ވަޒީފާއެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު އެއީ، ވަރަށް ބުރަ އެހާމެ ޒިންމާދާރު އަދި ގުރުބާނީތަކެއް އެކުލެވޭ ވަޒީފާއެއް ކަމަށެވެ.

ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ތިޔަ ފަށަނީ ހަމައެކަނި ވަޒީފާއެއް ނޫންކަން. ތިޔަ ދެވެނީ ޤައުމީ ގޮވާލުމަކަށް އިޖާބަކަން. ތިޔަ ނިކުމެވެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނަށްޓަކައި ފަހުރުވެރިވަން."

ކޮމިޝަނަރ އޮފް ޕޮލިސް ނަވީން

މީގެ އިތުރުން ސީޕީ ވަނީ، ފުލުހުންގެ ވަޒީފާ އަދާކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި، ނަޒާހާތްތެރިކަމާއި ހިތްވަރާއެކު މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ.

އަދި ރައްޔިތުންނަށް ލިބިދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށްވެދް ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.