ނިތީޝް ކުމާރު އަންހެނެއްގެ މޫނުބުރުގާ ބާލަނީ:
ދުނިޔެ
16 Dec 2025 | 14:12
އިންޑިޔާގެ ޗީފް މިނިސްޓަރަކު މުސްލިމު އަންހެނެއްގެ މޫނު ބުރުގާ ބާލައިފި

އިންޑިއާގެ ބިހާރުގެ، ޗީފް މިނިސްޓަރު ނިތީޝް ކުމާރު، އަންހެން ޑޮކްޓަރެއްގެ މޫނު ބުރުގާ ބާލައިފި އެވެ.

މި ހާދިސާއާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އޭނާގެ ނަފްސާނީ ހާލަތާ މެދު ވަނީ ސުވާލު އުފައްދާފައެވެ.

ނިތީޝް އަންހެން ޑޮކްޓަރުގެ މޫނުބުރުގާ ނެގީ އިއްޔެ ބިހާރުގެ ވެރިރަށް ޕަޓްނާގައި ބޭއްވުނު ސަރުކާރުގެ ރަސްމިއްޔާތެއްގައި، އޭޔޫއެސްއެޗް (އަޔުރުވޭދާ، ޔޯގާ އެންޑް ނެޗުރޯޕެތީ، ޔޫނާނީ، ސިއްދާ، އަދި ހޯމިއޯޕެތީ) ޑޮކްޓަރުންނަށް ވަޒީފާގެ ސިޓީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި 1،200 އަށް ވުރެ ގިނަ ޑޮކްޓަރުން ވަޒީފާގެ ސިޓީ ހަވާލުކޮށްފައިވެއެވެ. އެގޮތުން ނިތީޝް ކުމާރު ވަޒީފާގެ ސިޓީ ހަވާލުކުރަމުން ދަނިކޮށް، މޫނުބުރުގާ އަޅައިގެން ހުރި އަންހެން ޑޮކްޓަރަކު ސިޓީއާ ހަވާލުވާން ދިޔުމުން އޭނާ އެންމެފުރަތަމަ އެންގީ އެ ޑޮކްޓަރުގެ މޫނުބުރުގާ ބޭލުމަށެވެ.

އެކަމަށް ’ރިއެކްޓ‘ ކުރާނެ ގޮތެއް ނޭނގިފައި ހުއްޓާ ނިތީޝް ކުމާރު އެ ޑޮކްޓަރުގެ މޫނުބުރުގާގައި ހިފައި، އެ ތިރިއަށް ދަމާލައި، އަންހެން ޑޮކްޓަރުގެ ބުރުގާ ބާލާލައެވެ. މި ހާދިސާގެ ވީޑިއޯއެއް މިހާރު ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ހާދިސާ ހިނގިއިރު، ފަހަތުގައި ތިބި ބައެއް މީހުން ހެމުންދިޔަ ތަންވެސް ފެނެއެވެ. އަދި ކަންހިނގައިދިޔަ ގޮތާމެދު ކަންބޮޑުވެ ލަދުގަނެފައި އަންހެން ޑޮލްޓަރު ހުރިތަންވެސް ފެނެއެވެ. 

މި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު، އިންޑިއާގެ އެތައް ސިޔާސީ ފަރާތްތަކަކުން ވަނީ ނިތީޝް ކުމާރުގެ މި އަމަލު ކުށްވެރިކޮށްފައެވެ.

އެގޮތުން، ކޮންގްރެސް ޕާޓީން ބުނެފައި ވަނީ 75 އަހަރުގެ ކުމާރުގެ މި އަމަލަކީ "ލަދުވެތި" އަމަލެއް ކަމަށެވެ. އަދި އޭނާ ވަގުތުން ޗީފް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ.

"ބިހާރުގެ އެންމެ މަތީ މަގާމުގައި ހުރި މީހަކު މިހާ ދަށު ދަރަޖައިގެ ކަމެއް ކުރަމުންދާ އިރު، އެ ތަނުގައި އަންހެނުންނަށް ރައްކާތެރިކަން ލިބޭނެ މިންވަރު އަންދާޒާ ކޮށްލާބަލަ. ނިތީޝް ކުމާރު ވަގުތުން އިސްތިއުފާ ދޭންޖެހޭ. މި އަމަލަކީ މާފުކުރެވޭނެ ކަމެއް ނޫން،" ކޮންގްރެސް ޕާޓީން ބުނެފައިވެ އެވެ.

އާރްޖޭޑީގެ ތަރުޖަމާނު އިޖާޒު އަޙްމަދު ވިދާޅުވެފައި ވަނީ، ނިތީޝް ގެ މި އަމަލުން އެނގެނީ ޖޭޑީޔޫ-ބީޖޭޕީ ކޯލިޝަނުން އަންހެނުންނާ މެދު ދެކޭ ގޮތް ކަމަށެވެ.

"ބުރުގާ އަޅާ މުސްލިމް އަންހެނެއްގެ ބުރުގާ ބޭލުމުން، ޖޭޑީޔޫ އާއި ބީޖޭޕީން އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ގެނގުޅެނީ ކޮންކަހަލަ ސިޔާސަތެއް ކަން ވަރަށް ސާފުކޮށް ހާމަވެއްޖެ. އަންހެނެއްގެ ބުރުގާ ބޭލުމަކީ، އެމީހެއްގެ ސަގާފަތާއި ދީނީ މިނިވަންކަމާ އެއްގޮތަށް ދިރިއުޅުމުގެ ޙައްގު އަތުލުން. އެ ޙައްގަކީ އިންޑިއާގެ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދޭ ޙައްގެއް،" އަޙްމަދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.