ނުކުޅެދުންތެރިކަން ހުންނަ ދެމީހުން: ފޮޓޯ/ ބީއެމްއެލް
ހަބަރު
18 Dec 2025 | 07:42
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ބާއްވާ ޕެނަލްއާއި ވެބިނާތަކުގައި ބައިވުމުގެ ފުރުސަތު

ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް 2025 ފާހަގަކުރުމަށްޓަކައި، އިޖުތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާއާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަންއަކާއި ދެ ވެބިނާ ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން، މި ހަރަކާތަކުގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން ސްޕީޗްޕެތޮލޮޖިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުން، ޑައިޓީޝަނުން އަދިފިޒިއޮތެރަޕިސްޓުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިޖުތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ. މި ޕެނަލް ޑިސްކަޝަން ގެ ތެރެއިން ޝާމިލުކުރަނިވި ޚިދުމަތް ފޯރުކޮށްދިނުމުގައި ތެރަޕިސްޓުންގެ ދައުރާއި ބެހޭ މުހިއްމު މަޢުލޫމާތު މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ތެރަޕީގެ ހިދުމަތުގެ ތެރެއިން ގެނެވޭ ކުރިއެރުންތަކަކީ ކޮބައިކަމާއި ކުދިން ދިރިއުޅޭ މާހައުލުގެ ތެރެއިން ވަށާޖެހޭގޮތެއްގައި ފޯރުކޮށްދެވޭ އެހީތެރިކަމުގެ ސަބަބުން ލިބޭ ފައިދާތަކާއި، ގޭތެރޭގެ އާއްމު އުޅުމުގައި ބެލެނިވެރިންނަށ ކުރެވިދާނެ ކަންކަމުގެ އިތުރުން، މަލްޓި-ޑިސިޕްލިނަރީ ޓީމެއްގެ ގޮތުގައި ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިއްމުކަމާއިބެހޭގޮތުން ވާހަކަދެކެވިގެންދާނެއެވެ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއަދުގެ 16:00 ގެ ކުރިން، ރެޖިސްޓަރީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. 

ހަމައެހެންމެ، އަދި، މި މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނާތަކުގައިވެސް އެލައިޑް ޕްރޮފެޝަނަލުން ފައިދާހުރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވާނެ ކަމަށް ބުނެފައިވެއެވެ. 

އެގޮތުން، 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރ ގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ އެކިމައްސަލަތައް ދިމާވާ ކުދިންނާއި ފަރާތްތަކަށް ކެއުންބުއިމުގައި ސަމާލުވާނެ ގޮތްތަކާއިބެހޭގޮތުން  މުހިންމު މައުލޫމާތުތަކެއް  މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށްހިއްސާކުރެވިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

އަދި 20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރ ގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ މައްސަލަތައް ދިމާވާކުދިންނާއި ފަރާތްތަކަށް ގޭތެރޭގެ މާހައުލުގައާއި އާއްމު ދިރިއުޅުމުގައި ކުރެވިދާނެކަންކަމާއި ގުޅޭގޮތުން  މުހިއްމު މައުލޫމާތުތަކެއް މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށްހިއްސާކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. 

މި ވެބިނަރތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ.

މި ޕެނަލް ޑިސްކަޝަން އަދި ވެބިނާތަކުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ. މި ހަރަކާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7206558 އަށް ގުޅާލައިގެން މަޢުލޫމާތު ސާފުކޮށްލެވޭނެއެވެ.

ޕެނަލް ޑިސްކަޝަން : https://forms.gle/xiBXDkHxsSFRYEcDA

ވެބިނަރ : https://forms.gle/SU1DvwNbmvfDvcn2A

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.