ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން-- ފޮޓޯ/ވޮއިސް
ހަބަރު
18 Dec 2025 | 15:21
މަސްދުވަހުން 509 ބިދޭސީން ޑީޕޯޓްކޮށްފި

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 509 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން "އޮޕަރޭޝަން ކުރަނގި" އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ ސަރަޙައްދުގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރި ކަމަށާއި، ދެވަނަ ފިޔަވަހީގައި ރާއްޖެގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާޢި މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު 202،000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަން ނަގާ އެމީހުންގެ މަޢުލޫމާތުތައް އެއްކޮށްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް މިވަގުތު ފިންގާ ޕްރިންޓް ނަގާފައިތިބި މީހުންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ވެސް ފަށާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މީގެ ނަތީޖާއަކަށް ވާނީ މީގެ މަސައްކަތް ނިމޭއިރު ރާއްޖޭގައި އުޅޭ ހުރިހާ އެންމެންނަކީ ކާކުކަށް އިނގޭ، ކޮންމެ މީހަކީ އެމީހަކަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރެފައި، އެމީހަކު އެކަމަށް ޒިންމާ ކުރެވޭނެ ހުރިހާ މަޢުލޫމާތުތެއް ވަގުތުން ލައިވްކޮށް ސިސްޓަމްއިން ބެލޭނެ ނިޒާމެއްގެ ތެރެއަށް އަިސް ޖަވާބު ދާރީވެވޭނެ ގޮތަށް ބިދޭސީންގެ ކަންކަން ބެހެއްޓުން."

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން 

މީގެ އިތުރުން އަންނަ އަހަރުގެ އެޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ހާއްސަ މަސައްކަތެއް ފަށްޓަވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޑީޕޯޓުކުރި 509 ބިދޭސީންނާއިއެކު މި ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކޮށްލެވުނު ބިދޭސީންގެ އަދަދު ވަނީ 9697 އަށް އަރާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.