ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓް.. ފޮޓޯ: އިންޓަރނެޓް
ހަބަރު
18 Dec 2025 | 15:40
ޖެނުއަރީމަހުގެ ތެރޭގައި ސްރީލަންކާގައި ދިވެހި ޕާސްޕޯޓް ހަދައިދޭން ފަށާނަން: އިހުސާން

އަންނަ ޖެނުއަރީމަހުގެ ތެރޭގައި އަވައްޓެރި ސްރީނަލްކާގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ފަށާނޭކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއި ގާތުން އަސާސީ ހިދުމަތްތައް ދިނުންކަމަށާއި، އެގޮތުން ދިވެހި ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް ދެން އެންމެ އަވަހަށް ފެށިގެންދާނީ ސްރީލަންކާގައި ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީމަހުގެ ތެރޭގައި ސްރީލަންކާގައި ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް ފެށިގެންދާއިރު، މިހާރުވެސް އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްރީލަންކާއަށްފަހު އަންނަ އަހަރުގެ ތެރޭގައި އިންޑިއާ އަދި އިނގިރޭސިވިލާތުގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ފަށާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަނީ ދިވެހިން އެންމެގިނައިން ދިރިއުޅެމުންދާ ޤައުމުތަކުގައި ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް ތައާރަފްކުރަމުންނެވެ. އެގޮތުން މެލޭޝިއާގައި ދިވެހި ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް މިއަހަރުގެ އޭޕްރިލްމަހު ވަނީ ފަށާފައެވެ. މެލެޝިއާއަކީ އެކި ބޭނުންތަކުގައި ދިވެހިން ވަރަށްގިނައިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. މިއީ ރާއްޖެ ފިޔަވައި މި ހިދުމަތް އެންމެ ފުރަތަމަ ފެށި ބޭރު ޤައުމުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.