މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Dec 2025 | 00:07
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓުން 17،000ރ ކަނޑާލަން ރައީސް ނިންމަވައިފި

ހުޅުމާލެ ހިޔާ އަވަށުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ހިޔާ އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގަ އެވެ. 

ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓަށް ރަނގަޅު ބަދަލެއް ގެނެސްދޭން ބައެއް ރައްޔިތުން އެދުނެވެ. އެ ބައްދަލްވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ.

މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ތިން ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓުން 17,000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 25,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 8,000 ރުފިޔާ އެވެ.

އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަސް ފީގެ ގޮތުގައި ދައްކަން ޖެހޭ 10,500 ރުފިޔާއިން ވަނީ 500 ރުފިޔާ އުނިކޮށްފަ އެވެ. އެހެން ކަމުން ދެން ދައްކަން ޖެހޭނީ މަހަކު 10,000 ރުފިޔާ އެވެ.

ދެ ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓަކީ 15,000 ރުފިޔާ އެވެ. ނަމަވެސް ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އަދި މަހު ކުލިވެސް ވަނީ 7,000 އިން 6,000 އަށް ކުޑަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.