އާޒިމްގެ ކެންޕެއިން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ:
ހަބަރު
19 Dec 2025 | 15:10
ދަރިންނާ، ދަރިންގެ ދަރިން އުޅޭން އޮތްތަނަކީ މިއީ، މިތަނަށް ބަދަލެއް ގެނެވޭނީ ޢަލީ ޢާޒިމަށް: ނަޝީދު

އަންނަން އޮތް ޖީލުތައްވެސް ދިރިއުޅެން އޮތް ތަނަނީ މާލެ ކަމަށާ، އެ މާލެ މިހާރު އޮތް ޙާލަތު ބަދަލު ކޮށްލެވޭނެ މީހަކީ ޢަލީ ޢާޒިމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޢަލީ ޢާޒިމްގެ ކެންޕެއިން ޖަލްސާއެއް ރޭ ބާއްވާފައިވާއިރު، ރައީސް ނަޝީދުވެސް ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިއީ ޢަލީ އާޒިމްގެ ކެންޕެއިން ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައުގެންނެވި ފުރަތަމަ ފަހަރެވެ. އެ ޖަލްސާގައި ނަޝީދު ވަނީ ވާހަކަވެސް ދައްކަވާފައެވެ. 

އެގޮތުން ވިދާޅުވީ، އާޒިމަށް ތާއީދުކުރައްވަނީ އޭނާ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ މާލެ ބަދަލުވާނެކަން ޔަގީންވާތީ ކަމަށެވެ. 

"އަޅުގަނޑު އާޒިމަށް ތާއީދުކުރަނީ އޭނާ އަހައިފި، ރައީސޭ ކީއްވެހެއްޔޭ މިތާ ވަށައިގެން، މި މާލޭ ވަށައިގެން އެންމެ ރީތި ފަރު ނޯންނާންވީ. އެންމެ ޗާލު ތަނަށް، އެންމެ ރީތި މޫދަށް، އެންމެ ރީތި ފަރަށް މި މާލޭ ފަރު ނުވާންވީ ކީއްވެހޭ. އަޅުގަނޑު ދަންނަވައިފިން ސަބަބެއް ނެތޭ. ތިޔައީ ހައްތަހާ ވާންހުރި ކަންތަކޭ،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އަލީ އާޒިމްގެ މޭޔަރުކަމުގައި މާލެ ބަދަލުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ ޕްރައިމަރީގައި ހޮވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަލީ އާޒިމްގެ މޭޔަރުކަމުގައި މާލެ ބަދަލުވާނެ. މިގޮތަށް މާލެ ދޫކޮށްފައި ބޭއްވޭކަށެއް ނެތް. މިއީ ވެވެން ނެތް ކަމެއްކަމުގައި ދެކެގެން ފަހަށް ޖެހެވޭކަށްވެސް ނެތް. އަޅުގަނޑުމެންގެ ދަރިންގެ ދަރިންގެ ދަރިންވެސް އުޅޭން އޮތް ތަނަކީ މި ފަސްގަނޑު. އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދެނީ އަލީ އާޒިމަށް ވޯޓު ދެއްވަން،"

ނަޝީދު ވިދާޅުވިއެވެ.

ރޭގެ އާޒިމްގެ ކެމްޕެއިން ޖަލްސާގައި، ނަޝީދުގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.